![ޗައިނާގެ ޚާރިޖީ ވަޒީރު ރާއްޖޭގައި: ރާއްޖޭގެ ތަރައްޤީއަށް އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ރައީސަށް ދެއްވައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2FDSC_2495.jpg&w=3840&q=75)
ޗައިނާގެ ޚާރިޖީ ވަޒީރު ރާއްޖޭގައި: ރާއްޖޭގެ ތަރައްޤީއަށް އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ރައީސަށް ދެއްވައިފި
# ޗައިނާ - ރާއްޖެ--
ސީ.ޕީ.ސީ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު، ސެންޓްރަލް ކޮމިޝަން ފޮރ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރ އަދި ޗައިނާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހިޒް އެކްސެލެންސީ ވަންގް ޔީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ވަނީ މިނިސްޓަރ ވަންގް ޔީއަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، މިނިސްޓަރ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ޝުކުރު އަދާކުރައްވާފައެވެ.
އަދި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ގުޅުމާއި، ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތަކަށް ޗައިނާއިން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. ރައީސް ގެ ވާހަކަފުޅުގައި، މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްކަމުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތައް، ދެޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކާއި، އެމްއޯޔޫތަކުގެ ދަށުން އަވަސްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި އިޖުތިމާޢީ ބޯހިޔާވަހިކަމާއި، މަގު ހެދުމުގެ މަޝްރޫޢުތަކަކީ ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ މަޝްރޫޢުތަކަށް އިސްކަންދޭންޖެހޭ މަޝްރޫޢުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިޤްތިޞާދީ ގޮތުން، ޚާއްޞަކޮށް، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ ދާއިރާއިން، އިޤްތިޞާދީ ގޮތުން ތަފާތު ކަންކަމަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވައި، މި މުހިންމު ދާއިރާތައް ކުރިއެރުވުމުގައި ޗައިނާގެ އެހީތެރިކަމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަންގް ޔީ ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރައީސް ޑރ.މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަކީ ޗައިނާގެ ވަރަށް ގާތް ރަހުމަތްތެރިއެއް އަދި އިތުބާރު ކުރެވޭ ބައިވެރިއެއް ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ވަންގް ވަނީ ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކުރުމަށް މަގުފަހިކޮށްދެއްވުމަށް ޗައިނާ ސަރުކާރުގެ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
އަދި ވަން ޗައިނާ ސިޔާސަތަށް ރާއްޖެއިން އަބަދުވެސް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުމަކީ، ސައިޒަކަށް ބެލުމެއްނެތި، ދެޤައުމުގެ ކުރިއެރުމާއި ކުރިއެރުމަށް ޓަކައި، ހަރުދަނާ ގޮތެއްގައި އެއްބާރުލުން ދެވޭނެކަމުގެ ހެއްކެއްކަމުގައި ވިދާޅުވިއެވެ.
ގުޅުންހުރި
![ޗައިނާގެ ޚާރިޖީ ވަޒީރު ރާއްޖޭގައި: ރާއްޖޭގެ ތަރައްޤީއަށް އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ރައީސަށް ދެއްވައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2FDSC_2495.jpg&w=3840&q=75)
ޗައިނާގެ ޚާރިޖީ ވަޒީރު ރާއްޖޭގައި: ރާއްޖޭގެ ތަރައްޤީއަށް އަބަދުވެސް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ރައީސަށް ދެއްވައިފި
![ރާއްޖޭގެ މެރިކަލްޗަރ ސިނާއަތަށް އިންވެސްޓުކުރުމަށް ޗައިނާގެ އިންވެސްޓަރުންނަށް ދައުވަތުދީފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2FScreenshot%202024-12-17%20at%2014.56.13.png&w=3840&q=75)
ރާއްޖޭގެ މެރިކަލްޗަރ ސިނާއަތަށް އިންވެސްޓުކުރުމަށް ޗައިނާގެ އިންވެސްޓަރުންނަށް ދައުވަތުދީފި
![ސަރުކާރުގެ ވޭތުވެދިޔަ އެއްއަހަރުދުވަހުގެ ތެރޭގައި ހޯއްދަވާފައިވާ ވިލުންތެރި، ކާމިޔާބީތަކަށް ޗައިނާ ސަފީރުގެ ތައުރީފު!](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2F378905_e0a037f9-5_.jpg&w=3840&q=75)
ސަރުކާރުގެ ވޭތުވެދިޔަ އެއްއަހަރުދުވަހުގެ ތެރޭގައި ހޯއްދަވާފައިވާ ވިލުންތެރި، ކާމިޔާބީތަކަށް ޗައިނާ ސަފީރުގެ ތައުރީފު!
![ސީޕީސީގެ އިންޓަނޭޝަނަލް ޑިޕާޓްމެންޓުގެ މިނިސްޓަރ ޕީއެންސީގެ ވަފުދާ ބައްދަލުކުރައްވައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F9%2FImage%2031-1726721868564.webp&w=3840&q=75)