ޔަހޫދީ ނިރުބަވެރި އިޒްރޭލު އަސްކަރިއްޔާއިން ޔަމަނުގެ ބައެއް ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފި އެވެ.
ނިރުބަވެރި އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށާއި އޭގެ ތެރޭގައި ވެރިރަށް ސަނާ ކައިރީގައި ހުންނަ ހެޒްޔާޒް އިންޖީނުގެ އާއި ހުޅަނގު އައްސޭރީގެ ހުދައިދާ އާއި ރަސް އީސާ ބަނދަރުތައް ހިމެނޭ ކަމަށެވެ.
ނިރުބަވެރި އަސްކަރިއްޔާއިން އިތުރުަށް ބުނީ ހަމަލާދިން އިންޖީނުގެއަކީ ހޫތީންގެ ވެރިކަމުގެ އަސްކަރީ ހަރަކާތްތަކުގައި ހަކަތަ ފޯރުކޮށްދޭ މަރުކަޒީ ވަސީލަތެއްގެ ގޮތުގައި މަސައްކަތް ކުރި އިންޖީނުގެއެއް ކަމަށެވެ.
މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް ހޫތީން ބަހެއް ބުނެފައި ނުވެއެވެ.
އިޒްރޭލުން ހޫތީންއަށް އަމާޒުކޮށް ހަމަލާދެމުންދަނީ ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުއާއި ދެކޮޅު ހަދައި ހޫތީން އިޒްރޭލަށް ވަރުގަދަ ހަމަތާކެއް މީގެ ކުރިން ދިނުމާއި ގުޅިގެންނެވެ.