
--
ފާއިތުވި ދެ ދުވަހު ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިމިވަނީ އެމެރިކާގެ އެންމެ މުއްސަދި އެއް ސަރަހައްދުކަމަށްވާ ލޮސް އެންޖަލިސްގައި ބާރު ސްޕީޑެއްގައި ފެތުރެމުންދާ އަލިފާންގަނޑަށެވެ. އެމެރިކާގެ އެންމެ މުއްސަދިން ގިނަ ލޮސް އެންޖަލިސްގައި ފެތުރެމުންދާ އަލިފާންގަނޑުގައި އެތައް ހާސް ގެއެއް މިވަނީ އަނދައި އަޅިއަށްވެ އެސަރަހައްދުގެ ބޮޑު އާބާދީއެއް އެމީހުންގެ ގެތަށް ދޫކޮށް ދާން މަޖުބޫރުވެފައި އެވެ.

މި އަލިފާންގަނޑު ރޯވާން ފެށި ސީދާ ސަބަބެއް އަދި މިހާތަނަށް އެއްވެސް ބަޔަކަށް ބުނެދެވިފައިނުވާއިރު އެމެރިކާގެ ލޮސް އެންޖަލިސްގެ ފަރުބަދަތަކުގައި އަލިފާން ރޯވުމާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން ހަރަކާތްތެރިވާން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. އަލިފާންގަނޑު ކޮންޓްރޯލް ފަޔާފައިޓަރުން މަސައްކަތްކުރަމުން ދަނިކޮށް މަދު ގަޑިއިރުތަކެއްގެ ތެރޭގައި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި ލޮސް އެންޖަލިސްގެ ބައެއް ސަރަހައްދުތަކުގެ އަވަށްތައް އަނދާ އަޅިއަށް ވެފައި އެވެ.
މި އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މީހަކު މަރުވެފައިވާކަމަށް ލޮސް އެންޖަލިސްގެ އޮފިޝަލުން ބުނަމުންދާއިރު މި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުކުރެވެއެވެ. މި ހާދިސާގައި ލޮސް އެންޖަލިސްގެ 10,000 ވުރެ ގިނަ ބިނާ ވަނީ އެެއްކޮށް އަނދާފައި އެވެ. މި އަލިފާންގަނޑު އިއްޔެ ކޮންޓްރޯލް ކުރެވޭނެ ކަމަށް އެލްއޭ ފަޔާފައިޓަރުން ބުނި ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކާއި އެކު އެމަސައްކަތަށް ވަނީ ހުރަސް އެޅިފައި އެވެ.
އަދި މިއަދު އިތުރު ސަރަހެއްދެއްގައި އަލިފާން ރޯވާން ފަށާފައިވާ އިރު ލިބެމުންދާ ގެއްލުން އިތުރުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. އެގޮތުން ރެެއާއި ހަމައަށް ލިބުނު ގެއްލުންތަށް 10 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށް އެމެރިކާގެ މާލީ ބައެއް އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.
ލޮސް އެންޖަލިސް ކައުންޓީ ޝެރިފް ޑިޕާޓްމަންޓުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން ގާތްގަނޑަކަށް 180،000 މީހުން އިވެކުއޭޝަން އޯޑަރުގައި ތިބި އިރު، އިތުރު ދެ ލައްކަ މީހުންނަށް މިހާރު ވަނީ އިވެކުއޭޝަން އިންޒާރު ދީފައިވެ އެވެ. ދެކުނު ކެލިފޯނިއާގައި 285،000 އަށް ވުރެ ގިނަ މީހުން ކަރަންޓުން މަހުރޫމުވެފައިވާ ކަމަށްރިޕޯޓުތައް ބުނާއިރު އެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ އިންފްރާސްޓްރަކްޗާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
މި އަލިފާނުގެ ބޮޑު ހާދިސާގައި މަލިބޫ, އަލްޓަޑެނާ އަދި ޕެސިފިކް ޕަލިސޭޑްސް ފަދަ އެމެރިކާގެ އެންމެ އަގުބޮޑު އަވަށްތައް މިހާރު ހުރީ ސުންނާފަތިވެފައި އެވެ.
ލޮސް އެންޖަލިސްގެ ރައްޔިތުން ބުނާގޮތުގައި މި އަލިފާނުގެ ހާދިސާއާއި އެކު ލިބުނު ގެއްލުންތައް މިހާ ބޮޑުވެގެންދިޔައީ ރައީސް ޖޯ ބައިޑެންގެ ނާގާބިލުކަމުންނެވެ. އެގޮތުން ދާދި އަވަހަށް ވެރިކަމުން ފައިބާނެ ބައިޑެންއަށް އޭނާގެ ވެރިކަން ގެއްލުމުން ރައްޔިތުން މުހިންމު ނުވި ކަމަށް އެމެރިކާގެ ރައްޔިތުން މިހާރު ދަނީ ބުނަމުންނެވެ.
ލޮސްއެންޖަލިސް ރޯވަމުންދާއިރުވެސް ބައިޑެން ދަނީ ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް އިޒްރޭލަށް ހުއްޓުމެއްނެތް އެހީތައް ފޯރުކޮށްދެމުންނެވެ.