
އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިިފި: 500 ރުފިޔާގެ ވިޔަފާރިކޮށްލައިގެން އެއް ލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު!
# އެސްޓީއޯ--
ރޯދަ މަހަށް ހާއްސަކޮށް އެސްޓިއޯއިން ކޮންމެ އަހަރަކުވެސް ބައްވާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިއަހަރުވެސް ބޮޑެތި އިނާމުތަކާއި އަދި ހަރަކާތްތަކަކާއެކު ފަށައިފި އެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފަރާތުން 2025 ވަނަ އަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ރަމަޟާން ބާޒާރު" ތަފާތު ގިނަ ޕްރޮމޯޝަން ހަރަކާތްތަކާއި އިނާމުތަކެއް ހިމެނޭ ގޮތަށް ކުރިއަށްދާނީ 9 ޖަނަވަރީ 2025 ން ފެށިގެން 31 މާރިޗު 2025 ގެ ނިޔަލަށެވެ.
އެސްޓީއޯ ރަމަޒާން ބަޒާރަކީ ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރޭގައި އެންމެ މަގްބޫލް އެއް ސޭލްއެވެ. އެހެން އަހަރު ތަކެކޭވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައިވެސް ހިތްގައިމު ގިނަ ޑިސްކައުންޓް ތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އަތޮޅުތެރޭގެ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މިއަހަރުގެ ރަމަޟާން ބާޒާރުގައި %50 އާހަމައަށް ހޯމްއެޕްލަޔަންސް އައިޓަމްތަކުން ޑިސްކައުންޓް ލިބިގެންދާނެވެ.
އަދި 500 ރުފިޔާ އިން މަތިން ކުރައްވާ ކޮންމެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބިގެންދާއިރު ކޮންމެ ހަފްތާއަކު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިފްޓް ހެމްޕަރ އެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރަމަޟާން ބާޒާރުގެ މިއަހަރުގެ އެންމެ ޙާއްސަ އިނާމެއްގެ ގޮތުގައި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް 100،000ރ ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައި އެވެ.
މީގެއިތުރުން މި ޕްރޮމޯޝަން ކުރިއަށްދާއިރު އާއިލީ ހަވީރަކާއި އިންސްޓޯރ ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް އެސްޓީއޯއިން ބުނެއެވެ.
ގުޅުންހުރި

އެސްޓީއޯއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބުނީ 15.4 ބިލިއަން ރުފިޔާ!

ރާއްޖޭގެ ސިއްހީ ދާއިރާއަށް ތާރީހީ ދުވަހެއް: އެސްޓީއޯއިން ތަމްރީންކުރި ދިވެހި ރޭޑިއޯގްރާފަރުން ދަސްވެނިވިއްޖެ

ކާށީގެ އަގު ތިރިކުރުމަށް އެސްޓީއޯއިން ވިޔަފާރިވެރިންނަށް ކާށި އިމްޕޯޓުކޮށްދެނީ
