
--
ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު މޫދުގައި އޮއްވައި އެމީހާގައި ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ އެވެ.

ފުލުހުން ދާދި ދެންމެ އަކު ބުނީ އދ އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޓޫރިސްޓެއް ރެޑިސަން ބްލޫ ރިސޯޓު ބޭރު މޫދުގައި އުޅެނިކޮށް އަކޮމް ގްރީން ނަމަކަށް ކިޔާ ލޯންޗަކުން ޖެހި މަރުވެފައިވާ މައްސަލައެއް މިއަދު 10:00 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން މަރުވީ އާޖެންޓީނާއަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ ފަތުރުވެރިއެއް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާއިރު އެމީހާގެ ހަށިގަނޑު މިހާރު ވަނީ އެއަތޮޅު މާމިގިއްޔަށް ގެންގޮސްފައިވާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފައި އެވެ.
ގުޅުންހުރި

މަސްތުވާތަކެއްޗާއިއެކު ފުލުހުންނަށް ފިލަން އުޅުނު ދެމީހަކު ހައްޔަރަށް!

މަސްތުވާތަކެއްޗާއިއެކު މާލެއިން މީހަކު ހައްޔަރުކޮށްފި
