
--
ޝްރައްދާ ކަޕޫރާއި އަދިތިޔާ ރޯއި ކަޕޫރަކީ ބޮލީވުޑްގެ އެންމެ މަގުބޫލު އޮންސްކްރީން ޖޯޑެވެ. އެ ދެ ތަރިންގެ ފިލްމު "އާޝިގީ 2" އާއި "އޯކޭ ޖާނޫ" އިން ވަނީ އެ މީހުންގެ ޖާދުވީ ކެމިސްޓްރީ ދައްކާލައިފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ޖޯޑު ފެނުގެންދާ ރޮމޭންޓިކް އައު ފިލްމެއްގެ މަސައްކަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެދެ ތަރިން އެކުގައި ފެނިގެންދާނީ މޯހިތު ސޫރީގެ ކުރިއަށް އޮތް ފިލްމުންނެވެ.
ފިލްމުގެ އެންމެ ފަހުގެ ތަފްސީލުތައް މިހާރު އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މި ފިލްމުގެ ވާހަކައާއި ސްކްރީންޕްލޭގެ މަސައްކަތް ކުރަނީ މޯހިތު ސޫރީ އާއި އޭނާގެ ކްރިއޭޓިވް ޓީމުންނެވެ. އަދި ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ރަސްމީކޮށް އެކަން އިއުލާނު ކުރެވިދާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އާޝިގީ 2 ފަދަ ފިލްމުތަކުގެ އަވާގައި ޖެހުނު ޝްރަދާ އާއި އަދިތުޔާގެ ފޭނުން އެދެތަރިންގެ ފިލަމްކަށް އިންތިޒާރުކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. މި ޕޮޓެންޝަލް ރީޔޫނިއަންއާ މެދު ފޭނުން އުފާކުރާނެ އެވެ.