
ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިއަދުގެ މިވަގުތާއި ހަމައަށް ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 40 އަށްވުރެ މައްޗަށް އަރައިފި އެވެ.

ޣައްޒާގެ ސިއްހީ މަސްދަރުތަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކުގައި ފަތިހުން ފެށިގެން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 46 މީހުން ވަނީ ޝަހީދުވެފައިއެވެ.
ޝަހީދުވި މީހުންގެ ތެރެއިން 31 މީހުންނަކީ ޣައްޒާގެ އުތުރުގައި އިސްރާއީލުން ދިން ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުން ކަމަށްވެސް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.
ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ ޖުމުލަ އަދަދު މިހާރު 46,000 އަށްވުރެ މައްޗަށް އަރާފައި އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް އދ އިން މިދިޔަ މަހު ވަނީ ބުނެފައި އެވެ.
ގުޅުންހުރި

ޔަހޫދީން ޣައްޒާއަށް އަލުން ހަމަލާ ދޭން ފެށިތާ އަދި 12 ގަޑިއިރު ނުވޭ: މިހާތަނަށް 63 މީހަކު ޝަހީދުކޮށްލައިފި

ޔަހޫދީންގެ ހަމަލާތައް އަމާޒުކުރަމުންދަނީ ޣައްޒާގެ ރެފިއުޖީ ކޭމްޕުތަކަށް، އެމެރިކާ އޮތީ ހަނު!

ޔަހޫދީން އެއްބަސްވުމާއި ހިލާފުވެއްޖެ: ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއްދީ އެތައްބަޔަކު ޝަހީދުކޮށްލައިފި





