.jpeg&w=3840&q=75)
މިނިސްޓަރ ޣައްސާންއަށް އިންޑިއާއިން ރަތްދޫލައިގެ މަރުހަބާއެއް!
# ޣައްސާން މައުމޫން# ޑިފެންސް މިނިސްޓްރީ--
ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފި އެވެ.

ޣައްސާން އިންޑިއާއަށް ވަޑައިގަތުމާއި އެކު އެގައުމުން ޣައްސާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައި އެވެ.
މި ދަތުރުފުޅުގެ ތެރެއިން މިއަދު ޣައްސާން އިންޑިއާގެ ޑިފެންސް މިނިސްޓްރީއަށް ވަޑައިގެންނެވެމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އެވެ. އަދި އިންޑިއާގެ އަސްކަރިއްޔާއިން ވަނީ ޣައްސާނަށް ޚާއްސަ އަސްކަރީ މަރުހަބާއެއްވެސް ދަންނަވާފައި އެވެ.
އިންޑިއާގެ ރިޕޯޓުތައް ބުނާގޮތުގައި ޣައްސާން އާއި މިނިސްޓަރު ރާންނާތު ސިންގ މިހާރު ދަނީ ދެގައުމުގެ ރަސްމީ މަޝްވަރާތައް ކުރިޔަށް ގެންދަމުންނެވެ. އެގޮތުން ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ތަމްރީނާއި ތައުލީމު ހޯދުމާއި ދެ ގައުމު ގުޅިގެން މަސައްކަތްތަކެއް ކުރުން ފަދަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.
ޣައްސާންގެ މި ދަތުރުފުޅަކީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެގޮތުން މި ދަތުރުފުޅުގައި ޣައްސާން އިންޑިއާގެ ގޯއާ އަށާއި މުމްބާއީއަށްވެސް ވަޑައިގަތުމަށްވަނީ ހަމަޖެހިފައި އެވެ.