--
ގދ ނަޑެއްލާގައި އޭޓީއެމްގެ ހިދުމަތް ފެށުމަށްޓަކައި ބީއެމްއެލްއާއި އެކު ސޮއިކޮށްފި އެވެ.
މިކަމާއި ގުޅޭ ޚާއްސަ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިހާރު ރައީސް ޑރ މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި އެވެ.
އެގޮތުން އެޖަލްސާގައި ބީއެމްއެލްއާއި އެރަށު ކައުންސިލާއި ދެމެދު ސޮއިކޮށްފައިވަނީ ކައުންސިލް މެދުވެރިކޮަށް އެރަށުގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމުގެ އެއްބަސްވުމުގައި އެވެ.
މި އެއްބަސްވުމުގައި ނަޑެއްލާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު އަންޝާއު އެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް އެވެ. މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ އޭޓީއެއް ރަށުގައި ގާއިމް ކުރުމުގެ މަސައްކަތް ކުރާނީ ކައުންސިލްގެ ފަރާތުންނެވެ.
ނަޑެއްލާއަކީ މިފަހަކަށް އައިސް އިގްތިސޯދީ ގިނަ ހަރަކާތްތަކެއް ކުރިޔަށްދާ ރަށެކެވެ. އެރަށުގައި މިހާރު އޭޓީއެމްގެ ހިދުމަތް ދެމުން ނުދާއިރު ފައިސާ ނެގުމަށް ގިނަ ބަޔަކު ކަނޑުހުރަސްކޮށް ދާންޖެހެނީ ވެރިކަން ކުރާ ތިނަދޫ ސިޓީއަށެވެ.