
އިޓާލިއަން ސްޕަރ ކަޕް: ފަހަތުން އަރައި އިންޓަ މިލާން ބަލިކޮށް އެސީ މިލާން ޗެންޕިއަންކަން ހޯދައިފި
# ބޭރު ދުނިޔޭގެ ކުޅިވަރުއޭސީ މިލާން ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ
އިޓާލިއަން ސްޕަރ ކަޕް 2025 ގެ ފައިނަލްގައި ވާދަވެރި އިންޓަ މިލާން ދެލަނޑު ކާމިޔާބުކޮށްފައި ވަނިކޮށް ފަަހަތުން އަރައި 3-2 ގެ ނަތީޖާއަކުން މޮޅުވެ އޭސީ މިލާން ޗެންޕިއަންކަން ހޯފައިފިއެވެ.

ސައުދީ އަރަބިޔާގައި ކުޅެވުނު މިމުބާރާތުގެ ފައިނަލުން އިންޓަ މިލާން ޖާގަހޯދީ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން އެޓަލާންޓާ ބަލިކުރުމަށްފަހު އެވެ. އަދި އޭސީ މިލާން ފައިނަލުން ޖާގަހޯދީ ސެމީފައިނަލުގެ ދެވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން ޔުވެންޓަސް ބަލިކުރުމަށްފަހު އެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެންމެ ފަހުގެ ޗެންޕިއަން އިންޓަ މިލާނުން ލީޑުހޯދީ ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލައުޓާރޯ މާޓިނޭޒް އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު ފަހުހާފު ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް މެހެދީ ޓަރޭމީ އެވެ.
އޭސީ މިލާނުން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފަހުހާފުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ތިއޯ ހެނާންޑޭޒް އެޗެ. މިއީ އިންޓަ މިލާންގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭޖެހުމެއްގައި ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ފަހުހާފުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިކް އެވެ.
މިމެޗުން އޭސި މިލާން މޮޅުވި ލަނޑު ފަހުހާފުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޓަމީ އަބްރަހަމް އެވެ. މިއީ އެޓީމުގެ ޕޯޗުގަލް ފޯވާޑް ރަފައެލް ލެއާއޮ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-2 ގެ ނަތީޖާއަކުން އޭސީ މިލާން ކުރީގައި އޮވެގެންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ވޯލްޑްކަޕް: ވަރުގަދަ ޓީމަކާއި ޖެހި އާޖެންޓީނާގެ އަސްލު ފެންވަރު ފެނިގެންދިޔައިރު، ސްޕެއިން އެނބުރި ފުޓްބޯޅައިގެ ރަސްކަމަށް
.jpg&w=3840&q=75)
ވޯލްޑްކަޕް: ސަކާގެ ހެޓްރިކާއެކު އިންްގްލެންޑް ތިންވަނަ ކަށަވަރުކުރިއިރު، އެމްބާޕޭ މެސީގެ ރެކޯޑް މުގުރާލައިފި
.jpg&w=3840&q=75)
މީގެ 10 އަހަރު ކުރިން އީރާނަށް ކުރި ދަތުރަކާއި ގުޅިގެން ސްޕެއިންގެ ވޯލްޑްކަޕް ތަރި ކަޕްޑެވިލާއަށް އެމެރިކާއަށް އެތެރެވުމަށް "އީއެސްޓީއޭ" ނުލިބުނު




