
މާލޭގެ ގެއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

ގާފު ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ގ އުފުރިޔާ ގޭގައި އެވެ. އެގޮތުން އަލިފާން ރޯވެ އަނދަމުން ދަނީ އެގޭގެ ހަ ވަނަ ފަންގިފިލާގައި ކަން މި ނޫހަށް ވަނީ ކަށަވަރުވެފައި އެވެ.
އަދި މިހާތަނަށް ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިނުވާއިރު އެގެއިން ގިނަ އަދަދެއްގެ ދުން އެސަރަހައްދަށް ވަނީ ފެތުރިފައި އެވެ.
ސިފައިން ދާދި ދެންމެ އަކު ބުނީ ގ.އުފުރިޔާ ހަވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
އަލިފާން ރޯވި އުފުރިޔާގެއަކީ ގަލޮޅުގައި ހުންނަ އިހްސާން ފިހާރަ 2 ހިންގަމުންދާ އިމާރާތެވެ.
އަލިފާނުގެ ހާދިސާއާއި އެކު އެއިމާރާތުގައި ދިރިއުޅޭ ހުރިހާ ފަރާތްތައް އެއިމާރާތުން މިހާރު ވަނީ ހުސްކޮށްފައި އެވެ.
އިތުރު ތަފްސީލް އަަންނަނީ ..
ގުޅުންހުރި

ދިގުރަށު އަލިފާނުގެ ހާދިސާގައި ބިދޭސީންތަކެއް ނިޔާވުން: އެޗްއާރްސީއެމުންވެސް މައްސަލަ ބަލަނީ

ދިގުރަށު އަލިފާނުގެ ހާދިސާ: މާލެ ގެނައި ދެމީހުންނަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި!

އަލިފާން ރޯވި މަސްދޯނި އަޑިއަށް، ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ!

.gif&w=3840&q=75)



