
-
މަސް ދޯންޏެއްގައި އަލިފާން ރޯވެގެން އަޑިއަށްދިޔުމުން ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފް އިން އެދިއްޖެ އެވެ.

15 މީހުންނާ އެކު ކ.ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ "ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ ކަންކެލި މަސްވެރިކަން ކުރާ ދޯންޏެއްގައި އަލިފާން ރޯވެގެން އަޑިއަށްދިޔުމުން މި ބޯޓާއި ބޯޓުގައި ހުރި ބައެއް ތަކެތި ކ.ދޫނިދޫގެ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލުން އޮޔާ ދާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދީފައިވެއެވެ.
މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހާދިސާގައި ދޯނި އަޑިއަށްދިޔަ ސަރަޙައްދުން ފެށިގެން ދެކުނަށެވެ.
ވީމާ، ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދެއްވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޚާއްސަކޮށް މި ސަރަހައްދުން ރޭގަނޑު ދަތުރުކުރައްވާ ނަމަ މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ވެސް ވަނީ އެދިލައްވާފައެވެ.
ގުޅުންހުރި

އަލިފާން ރޯވި މަސްދޯނި އަޑިއަށް، ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ!

މަސްދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި 5 މީހަކަށް އަނިޔާވެގެން ފަރުވާ ދެނީ

15 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީ

.gif&w=3840&q=75)



