
މަސްދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި 5 މީހަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް ފުލުުހުން ބުނެފި އެވެ.

ފުލުހުން ވިދާޅުވީ، ކުރުނބާ މޯލްޑިވްސް ރިސޯޓް ކައިރިން މަސްދޯންޏެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދު 2:54 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މިހާދިސާ ހިނގިއިރު ދޯނީގައި 15 މީހުން ތިބި ކަމުގެ މައުލޫމާތުލިބިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މިހާދިސާގައި 5 މީހަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އަނިޔާލިބިގެން މާލެ ގެނެސް ފަރުވާދެމުންދަނީ، 2 ދިވެހިންނާއި، 3 ބިދޭސީންނަށެވެ. އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގަައި ހުޅުމާލެ ފަޔަރ ސްޓޭޝަނުގެ ސިފައިން މަސައްކަތް ކުރަމުން އަންނައިރު، އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ.
އިތުރު ތަފްސީލް އަންނަނީ…..
ގުޅުންހުރި

މަސްދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި 5 މީހަކަށް އަނިޔާވެގެން ފަރުވާ ދެނީ

15 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީ

ހުޅުމާލެ ބައު އިންޖީނުގޭގައި ހިނގި ހާދިސާ: އަނިޔާ ލިބުނު މުވައްޒަފު އިތުރު ފަރުވާއަށް ބެންކޮކަށް!

.gif&w=3840&q=75)



