logoEN
Sto top
ދިވެހީންނަށް ތާރީހީ ދުވަހެއް: ގައުމީ އެއާލައިންގެ ފުރަތަމަ ވައިޑްބޮޑީ މަތިންދާބޯޓު ރާއްޖެއަށް!

ދިވެހީންނަށް ތާރީހީ ދުވަހެއް: ގައުމީ އެއާލައިންގެ ފުރަތަމަ ވައިޑްބޮޑީ މަތިންދާބޯޓު ރާއްޖެއަށް!

އަހުމަދު ޝުރާއު

logo

1/6/2025, 2:29:51 PM

# މޯލްޑިވިއަން

--

ރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް މިއަދު ރާއްޖެ ގެެނެސްފި އެވެ.

Wamco

އެއާބާސްގެ އޭ330 މަރުކާގެ މި ބޯޓު ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މިއަދު ހަވީރު އެވެ. މި ފްލައިޓު ރާއްޖޭގެ މައި އެއާޕޯޓަށް ޖެއްސި ވަގުތު އެމަންޒަރު ބައްލާވާލެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ދަކަނބަލުންނާއި ނައިބު ރައީސްގެ އިތުރުން މަޖިލީހުގެ ރައީސްގެ ދެކަނބަލުން އެއާޕޯޓުގައި ތިއްބެވިއެވެ.

މި އައު ބޯޓާއި އެކު ރައީސް މުއިއްޒު މިއަދު ވަނީ މޯލްޑީވިއަންގެ މި ފްލައިޓުގެ އޮޕަރޭޝަންތައް ރަސްމީކޮށް ފައްޓަވާދެއްވާފައި އެވެ. މޯލްޑިވިއަންއަށް ވައިޑް ބޯޑީ މަތިންދާބޯޓެއް ހޯދައި އިތުރު މަންޒިލްތަކަށް ދަތުރުތައް ފެއްޓެވުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މިއަދުގެ ހަވީރު 17:20 ގައި ރާއްޖޭގެ ފަސްގަނޑުގައި ފްލައިޓު ޖެއްސި އިރު މި ބޯޓަށް ވެލާނާ އެއާޕޯޓުން ވަނީ ހާއްސަ ވޯޓާ ސެލިއުޓެއް ދީފައި އެވެ. އޭގެ ފަހުން ރައީސާއި ސަރުކާރުގެ އިސް ބޭފުޅުން ބޯޓަށް އަރާ ވަޑައިގެން ބޯޓުގެ އެތެރެ ބައްލަވާލައްވާފައެވެ.

މިބޯޓު ރާއްޖެ ގެނައީ ދިވެހި ޕައިލެޓުންނާއި ޓެކްނިކަލް މުވައްޒަފުންގެ ބެލުމުގެ ދަށުންނެވެ.

މި ބޯޓާއި އެކު މޯލްޑީވިއަންއިން މިމަހުގެ ތެރޭގައި ޗައިނާއަށް ސީދާ ދަތުރުތައް ފެށުމަށް މިހާރު ވަނީ ނިންމާފައި އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside