
--
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު އުމްރާއަށް ދިޔަ އުމްރާވެރިންގެ ތެރޭގައި ހިމެނޭ ތުއްތު ކުދިންނަށް ޚާއްސަ ހަވީރެއް ބާއްވައިފި އެވެ.

މިކަން ހާމަކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ ސައުދީގައި ކުރިޔަށް ގެންދިޔަ މި ހަވީރަކީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޑިސެމްބަރ 2024 އުމްރާގެ އަޅުކަމަށް މައްކާއަށް އައި އުމްރާވެރިންގެ ތެރޭގައި ހިމެނޭ ތުއްތު ކުދިންނަށް ހާއްސަކޮށްގެން “ހައްޖު ކޯޕަރޭޝަން ތުއްތު އުމްރާ ވެރިންނާއެކު”ނަމުގައި ކުރިޔަށް ގެންދިޔަ ހަވީރެއް ކަމަށެވެ.
އެގޮތުން މި ހަވީރުގައި ދީނީ މައުލޫމާތު ދިނުމާއި ތުއްތު ކުދިންގެ ހިތުގައި އިސްލާމްދީނަށް ލޯބި ޖެއްސުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދެވުނު ކަން ޝަކީލް ފާހަގަކުރެއްވި އެވެ.
މިއަހަރު އުމްރާގެ އަޅުކަމަށް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 822 އުމްރާވެރިން ވަނީ ގެންގޮސްފައި އެވެ. އުމްރާގެ އަޅުކަން ފުރިހަމަކުރުމަށްފަހު އުމްރާވެރިން މާދަމާއިން ފެށިގެން ރާއްޖެ އަންނަން ފަށާނެ އެވެ.
ގުޅުންހުރި

ޙައްޖާއި ގުޅޭ ކަންކަމަށް މި ސަރުކާރުން އަންނަނީ އިންޤިލާބީ ބަދަލުތަކެއް ގެންނަމުން - ޝަހީމް

ދިވެހި އުމްރާވެރިންގެ ތެރޭގައި ހިމެނޭ ތުއްތު ކުދިންނަށް ޚާއްސަ ހަވީރެއް!

ހައްޖު ކޯޕަރޭޝަނުން ތަރައްޤީކުރާ "ނިޢަމް ރެސިޑެންސް" މަޝްރޫޢުގެ ޑިޒައިން ޚިދުމަތްތައް ފޯރުކޮށްދިނުން އެފްޑީސީއަށް!
