logoEN
Sto top
ހަންގޭރީ އިން މަތީ ތަޢުލީމު ހާޞިލުކުރުމަށް 25 ސްކޮލާޝިޕް!

ހަންގޭރީ އިން މަތީ ތަޢުލީމު ހާޞިލުކުރުމަށް 25 ސްކޮލާޝިޕް!

އަހުމަދު ޝުރާއު

logo

12/31/2024, 9:32:22 AM

# މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާ

--

ދިވެހި ދަރިވަރުންނަށް "ސްޓިޕެންޑަމް ހަންގޭރިއަމް ސްކޮލަރޝިޕް 2025-2026" ގެ ނަމުގައި ހަންގޭރީގައި މަތީ ތަޢުލީމު ހާޞިލުކުރުމުގެ ޖުމްލަ 25 ފުރުޞަތެއް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ހުޅުވާލައިފި އެވެ.

Wamco

މި ސްކޮލަޝިޕްގެ ފުރުޞަތުތަކުގެ ތެރޭގައި، 8 ބެޗްލަރސް ޑިގްރީ، 14 މާސްޓަރސް ޑިގްރީ އަދި 3 ޑޮކްޓަރަލް ޑިގްރީގެ ފުރުޞަތު ހިމެނެއެވެ.

"ސްޓިޕެންޑަމް ހަންގޭރިއަމް ސްކޮލަރޝިޕް 2025-2026" އަށް ހުށަހަޅާ ފަރާތްތަކުގެ ކިބާގައި، އެދޭ ކޯހުގެ ޝަރުތުތަކުގެ އިތުރުން ތިން ޝަރުތެއް ފުރިހަމަވާން ޖެހެއެވެ.

އެގޮތުން، މިނިސްޓަރީ އިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިކޮށް، ލޯނެއް ނަގައިފައިވާނަމަ އެ ލޯނު ޤަވާޢިދުން ދައްކާ ފަރާތެއް ކަމުގައިވުން، އެދޭ ކޯހަކީ މިހާރު ފުރިހަމަކޮއްފައިވާ ކޯހަށްވުރެ މަތީ ކޯހަކަށްވުން އަދި އެދޭ ފެންވަރުގެ ކޯހާއި އެއް ފެންވަރުގެ ކޯހެއް މިހާރު ދަޢުލަތުގެ ޚަރަދުގައި ފުރިހަމަކުރަމުންދާ ފަރާތެއްކަމުގައިނުވުން ހިމެނެއެވެ.

މި ސްކޮލަޝިޕަށް ހުށަހެޅުމުގެ ސުންގަނޑިއަކީ 15 ޖެނުއަރީ 2025 ވާ ބުދަ ދުވަހެވެ.

ސްކޮލަޝިޕަށް ހުށަހެޅުމަށް މެދުވެރިކޮށް އަދި ސްޓިޕެންޑިއަމް ހަންގޭރިއަމް ވެބްސައިޓް މެދުވެރިކޮށް ހުށަހޭނެއެވެ.

މި ސްކޮލަޝިޕާއި ގުޅޭ އިތުރު މަޢުލުމާތު ހޯދުމަށް މިނިސްޓްރީގެ ވެބްސައިޓް އަދި 1474 އަށް މެދުވެރިކޮށް ލިބޭނެއެވެ. އިތުރު މަޢުލުމާތު ސާފުކުރެއްވުމަށް mv.gov.mohe@schol އަށއ އީ-މެއިލް ކުރެވޭނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC