
ސީދާ ތިން ސެޓުން ގައްދޫ ރޯޔަލްސް ބަލިކޮށް ގުރޫޕްގެ އެއްވަނަ ކަނޑުހުޅުދޫ އިން ކަށަވަރުކޮށްފި
# ބީ ބޯލް ހުވަދޫ ވަތަބަނޑޭރި ވޮލީބޯޅަ މުބާރާތް 20224# ދިވެހި ކުޅިވަރު # ގައްދޫ ކައުންސިލްގައްދޫ ރޯޔަލްސް އާއި ކަނޑުހުޅުދޫ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން
ގައްދޫ ކައުންސިލުން މުޅި ހުވަދޫއަތޮޅަށް ހުޅުވާލައިގެން ކުރިޔަށްގެންދާ " ބީ ބޯލްޑް ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024" ގެ އަންހެން ޑިވިޝަން ގުރޫޕް ބީގައި މިއަދު ހަވީރު ގައްދޫ ރޯޔަލްސް އާއި ކަނޑުހުޅުދޫ ވާދަކުރި މެޗު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކަނޑުހުޅުދޫ އިން،ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި ކަނޑުހުޅުދޫ ކުޅުނު ފުރަތަމަ މެޗުގައި ސޯލް ސިސްޓަރސް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި ރައިޒިން ބްލޫމްސް އަތުން އެޓީމު މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. އަދި ގައްދޫ ރޯޔަލްސް ކުޅުނު ފުރަތަމަ މެޗުގައި ރައިޒިން ބްލޫމްސް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވިނަމަވެސް ދެވަަނަ މެޗުގައި އެޓީމުން ވަނީ 3-0 ގެ ނަތީޖާއަކުން ސޯލް ސިސްޓަރސް ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ދެ ސެޓް 12 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 13-25 ގެ ނަތިޖާއަކުން ކަނޑުހުޅުދޫ އިން ކާމިޔާބުކުރިއިރު، ތިންވަނަ ސެޓުގައި އެޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 22-25 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެެރިއަކަށް ހޮވުނީ ކަނޑުހުޅުދޫގެ މަރިޔަމް ރީޝާއެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ކަނޑުހުޅުދޫ އިން ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލުން ޖާގަހޯދިއިރު، މިމެޗުން ބަލިވި ގައްދޫ ރޯޔަލްސް ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމުން މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައެވެ.
ގައްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށް މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި މިއަހަރު އަށް ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ގައްދޫ ކައުންސިލްގެ ޚާއްސަ ދައުވަތަކަށް ފުވައްމުލަކު ސިޓީ އިން ބައިވެރިވި އަންހެން ދެޓީމު ވެސް ހިމެނެއެވެ.
މިމުބާރާތުގެ އަންހެން ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލް ފުރަތަމަ މެޗުން މޮޅުވާ ޓީމަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ.
މިގެ އިތުރުން ދެ ގުރޫޕުން ވެސް ދެވަނަ ހޯދާ ދެޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ޓީމެއް ޕްލޭއޮފް މެޗުގައި ވާދަކުރަންޖެހޭނީ ސެމީފައިނަލް ފުރަތަމަ މެޗުން ބަލިވި ޓީމާއި ދެކޮޅަށެވެ. އަދި ޕްލޭއޮފް މެޗުން މޮޅުވާ ޓީމަށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.
23 ޑިސެންބަރު 2024 އިން 1 ޖެނުއަރީ 2025 ގެ ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގެ ޗެންޕިއަން ޓީމަށް 55،000 އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި ވާއިރު، މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ބީ ބޯލްޑް ޕްރައިވެޓް ލިމިޓެޑެވެ. އަދި މިމުބާރާތުގެ ހުރިހާ މެޗެއް އިވެންޓްކާސްޓް މޯލްޑިވްސް އިން ލައިވްކުރުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ރަށުން ބޭރުގައި ބްރެޒިލް އިން އެކުއެޑޯ މޮޅުވިޔަނުދީ ހިފަހައްޓައިފި

މިއަހަރުގެ މަޅި ފުޓްސަލް ޗެލެންޖް ސްޕޮންސަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފި
%20(3).jpg&w=3840&q=75)
ކޭއެސްސީގެ 3 ވަނަ ބީޗް ހޭންޑް ބޯލް މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަރު ހުޅުވާލައިފި
