ބްރިޖު ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 5 މީހަކަށް އަނިޔާވެއްޖެ
އަހުމަދު ޝުރާއު
12/30/2024, 7:26:35 AM
--
މާލެ އާއި ހުޅުމާލެ ގުލޭ ބްރިޖު ހައިވޭގައި ސައިކަލުތަކެއް އެކްސިޑެންޓުވެ 5 މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ބްރިޖު ހައިވޭ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި 3 ސައިކަލު ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލަ ރޭ 12:11 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެގޮތުން މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ސައިކަލެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި 2 ސައިކަލު ޖެހި އެކްސިޑެންޓުވެ ފަހަތުން އައި އެހެން ސައިކަލެއްވެސް ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ,
މި އެކްސީޑެންޓުގައި 5 މީހަކަށް އަނިޔާވި އިރު އެ އެންމެނަށްވެސް ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައި އެވެ. އެގޮތުން ފަސް މީހުންގެ ތެރެއިން 4 މީޙަކު ފަރުވާއަށްފަހު ރޭ ދީކޮށްލާފައިވާ ކަމަށާއި އަނެއް މީހާއަށް ޓްރީޓޮޕްގައި ފަރުވާދެމުންދާކަމަށް ފުލުހުން ވަނީ ބުނެފައި އެވެ. އަދި އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ފުލުހުން ވަނީ ބުނެފައި އެވެ.
ފުލުހުން އިތުރަށް ބުނީ މި އެކްސިޑެންޓުގައި ހަވާއިދާ ހިލާފަށް ދުއްވި ސައުކަލު ޓޯކޮށް މައްސަލަ ފުލުހުން ގެންދަނީ ތަހުގީހު ކުރަމުން ކަމަށެވެ.