.webp&w=3840&q=75)
ފްލައިޓު ވެއްޓުނު ހާދިސާގެ ޒިންމާ ނަގައި ޕުޓިން އަޒަރުބައިޖާންގެ ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެ
# ރަޝިޔާ--
މިިދިޔަ ބުދަ ދުވަހު ކަޒަކިސްތާނުގެ ސަރަހައްދަކަށް ވެއްޓުނު އަޒަރުބައިޖާންގެ ގައުމީ އެއާލައިން ވެއްޓިފައިވަނީ ރަޝިޔާގެ އިހުމާލުންކަން ރަސްމީކޮށް ގަބޫލުފުޅު ކުރައްވައި އަޒަރުބައިޖާންގެ ރައްޔިތުންގެ ކިބައިން ރަޝިޔާގެ ރައީސް ވްލިޑިމިއާ ޕުޓިން މާފަށް އެދިއްޖެ އެވެ.

އަޒަރުބައިޖާންގެ ވެރިރަށް ބަކޫއިން ރަޝިއާގެ ޗެޗްނިއާގެ ސަރަހައްދީ ވެރިރަށް ގްރޮޒްނީއަށް ބުދަ ދުވަހު ދަތުރުކުރަމުން ދަނިކޮށް ކަޒަކިސްތާނާ ދިމާލަށް އެނބުރި ޖައްސަން އުޅުމުގެ ތެރޭގައި މަތިންދާ ބޯޓު ވެއްޓި ހިނގި ހާދިސާގައި 38 މީހުން ވަނީ މަރުވެފައެވެ.
ހޮނިހިރު ދުވަހު ރަޝިޔާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫކްރެއިންގެ ޑްރޯން ހަމަލާއެއްގެ ސަބަބުން ރަޝިއާގެ ވައިގެ ދިފާއީ ނިޒާމުތަކުން ގްރޯޒްނީ ކައިރީގައި ހަމަލާބަދަލުކުރަމުން ދިޔަ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ބޭނުންކުރި ދިފާއީ ނިޒާމުގެ އުޅަނދެއް ވެއްޓުނު މަތިންދާ ބޯޓުގައި ޖެހުނުކަން މިހާތަނަށް އެނގިފައިވާ ކަމަށެވެ.
ރަޝިއާއިން އިން ބުނީ މިކަން ހިނގީ ރަޝިއާގެ ވައިގެ ސަރަހައްދުގައި ކަމަށާއި މި ހިތާމަވެރި ހާދިސާއަށް ލަޑިމިއާ ޕޫޓިން މައާފަށް އެދިވަޑައިގެން، މަރުވި މީހުންގެ އާއިލާތަކަށް އަނެއްކާވެސް ތައުޒިޔާ ދަންނަވާ ކަމަށާއި ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ބޯޓަށް ހަމަލާ އަމާޒުވިއިރު ގްރޮޒްނީ، މޮޒްޑޮކް އަދި ވްލަޑިކަވްކާޒަށް ޔޫކްރެއިންގެ އިންސާނުން ނެތް ވައިގެ އުޅަނދުތަކުން ދިޔައީ ހަމަލާދެމުން، ރަޝިއާގެ ވައިގެ ދިފާއީ ނިޒާމުތަކުން މަސައްކަތް ކުރީ އެ ހަމަލާތައް ހުއްޓުވަން."
އަޒަރުބައިޖާން، ކަޒަކިސްތާން އަދި ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ދަނީ މަތިންދާބޯޓު ވެއްޓުނު ހާދިސާގެ ބޮޑެު ތަހުގީގެއް ކުރަމުންނެވެ.
ގުޅުންހުރި
.webp&w=3840&q=75)
ފްލައިޓު ވެއްޓުނު ހާދިސާގެ ޒިންމާ ނަގައި ޕުޓިން އަޒަރުބައިޖާންގެ ރައްޔިތުންގެ ކިބައިން މާފަށް އެދިއްޖެ

އިޒްރޭލަށް ހަމަލާދިނުމުގެ ކުރިން އިރާނުން ރަޝިޔާއަށް ހަމަލާގެ މައުލޫމާތު ދިން!

ހައްޔަރުކުރުމުގެ ބާރު އޮތް މޮންގޯލިއާއަށް ޕުޓިން ވަޑައިގަންނަވަނީ
