.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

50 މީހުންނާއި އެކު ފުރި ރަޝިޔާގެ މަތިންދާބޯޓެއް ގެއްލިއްޖެ އެވެ.
ރީޖަނަލް ގަވަރުނަރަކާއި ހަވާލާދީ ބޭރުގެ މީޑީއާތަކުން ރިޕޯޓުކުރަމުން އަންނަ ގޮތުގައި އޭއެން-24 މަރުކާގެ މަތިންދާބޯޓު އެއާ ޓްރެފިކް ކޮންޓްރޯލަރުންނާއި ގުޅުން ކެނޑުނީ މިއަދު ރަޝިއާގެ ދުރުއިރުމަތިން ގާތްގަނޑަކަށް 50 މީހުން ގޮވައިގެން ދަތުރުކުރަމުން ދަނިކޮށެވެ.
އެގޮތުން ބޯޓު ހޯދުމަށް ރަޝިޔާއިން ބޮޑު އޮޕަރޭޝަނެއް މިހާރު ވަނީ ފަށާފައި އެވެ.
ރަޝިޔާގެ ލޯކަލް އިމަޖެންސީ މިނިސްޓްރީން ބުނީ ސައިބީރިއާގެ އަންގާރާ ނަމަކަށް ކިޔާ އެއާލައިނަކުން އޮޕަރޭޓްކުރަމުން ދިޔަ މަތިންދާބޯޓު ރާޑަރުން ގެއްލުނީ ޗައިނާގެ ބޯޑަރާއި ޖެހިގެން އޮންނަ އަމުރު ސަރަހައްދުގެ އަވަށެއް ކަމަށްވާ ޓައިންޑާ ނަމަކަށް ކިޔާ އަވަށަކާއި ކައިރިވަމުން ދަނިކޮށް ކަމަށެވެ.
ރީޖަނަލް ގަވަރުނަރު ވަސިލީ އޯރްލޯވް ވިދާޅުވީ އިބްތިދާއީ މައުލޫމާތަށް ބަލާއިރު ބޯޓުގައި 43 ފަސިންޖަރުން ތިބި ކަމަށާއި އޭގެ ތެރޭގައި ފަސް ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އަދި ޕަސިންޖަރުންގެ އިތުރުން އިތުރު ހަތް ފަޅުވެރިން ވެސް ތިބިކަމުން ބޯޓުގައި ޖުމުލަ 50 މީހުން ތިބި ކަމަށެވެ.
ޓެލެގްރާމްގައި އޭނާ ލިޔުއްވާފައިވާ ގޮތުގައި މަތިންދާބޯޓު ހޯދުމަށް ބޭނުންވާ ހުރިހާ ބާރަކާއި ވަސީލަތްތައް މިހާރު ވަނީ މޮބިލައިޒްކޮށްފަ އެވެ.
.jpeg?w=3840&q=75)






