.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

-
ޔޫކްރެއިންއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކާމިޔާބު ވެއްޖެ ނަމަ ޔޫރަޕަށް ހަމަލާއެއް ދޭން މޮސްކޯ އިން ގަސްދުކުރާ ކަމަށް ދެކެވޭ ވާހަކަތައް ރަޝިޔާގެ ރައީސް ލަޑިމިއާ ޕޫޓިން ވަނީ ދޮގުކުރައްވައިފަ އެވެ.
ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފިކޯގެ އަރިހުގައި ހުންނަވަ ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވީ ޔޫރަޕުގެ އެހެން ގައުމުތަކަށް ހަމަލާ ދޭން ރަޝިއާއިން ރާވާފައިވާ ކަމަށް ބުނާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެފަދައިން ތުހުމަތު ކުރަމުންދަނީ ރަޝިޔާއާއި ޔޫރަޕާއި ދެމެދު ގުޅުންތައް ހީނަރުކުރުމުގެ ނިޔަތުގައި ކަމަށެވެ.
ޕޫޓިން ވިދާޅުވީ ރަޝިއާއަކީ އެއްވެސް މީހަކަށް ހަމަލާ ދިނުމުގެ އެދުމެއް ވިސްނުމެއްވެސް ނެތް އަދި ނުހުންނާނެ ގައުމެއްކަން ކޮންމެ ވިސްނުންތެރި މީހަކަށް ވެސް އިހުސާސް ކުރެވޭނެ ކަމަށެވެ.
އަދި ޔޫކްރެއިން އީޔޫގެ މެމްބަރުކަމާ ދެކޮޅަށް މޮސްކޯ އިން ދުވަހަކުވެސް ދެކޮޅު ހަދާފައި ނުވާނެ ކަމަށާއި ނަމަވެސް ޔޫކްރެއިން ނޭޓޯގެ ތެރެއަށް ވަނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.
ރަޝިޔާގެ ލީޑަރު ވިދާޅުވީ މިއީ އެލަސްކާގައި ޑޮނަލްޑް ޓްރަމްޕާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އޭނާ ގެންނެވި މައުޟޫއެއް ކަމަށެވެ.
.jpeg?w=3840&q=75)






