
ހަނގުރާމައިގެ މަޝްވަރާތައް މަޑުޖެހިފައިވަނިކޮށް އިރާނުގެ ހާރިޖީ ވަޒީރު ޕުޓިންއާއި ބައްދަލުކުރެއްވުމަށް ރަޝިޔާއަށް!
# ރަޝިޔާ-
މެދުއިރުމަތީގައި އެމެރިކާއާއި އިޒްރޭލުން އިރާނާއި ދެކޮޅަށް ފެށި ހަނގުރާމައިގެ މަޝްވަރާތައް މަޑުޖެހިފައިވަނިކޮށް އިރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ރަޝިޔާއަށް ވަޑައިގަންނަވައިފި އެވެ.

އީރާނުގެ ރަސްމީ ނޫސް އެޖެންސީން ރިޕޯޓްކުރާ ގޮތުގައި އީރާނުގެ ފޮރިން މިނިސްޓަރު އަރަގްޗީ، ރަޝިޔާގެ ރައީސް ޕޫޓިންއާއެކު ކުރައްވާ މަޝްވަރާތަކަށް ރަޝިޔާގެ ސެއިންޓް ޕީޓާސްބާގަށް ވަޑައިގެންނެވީ މީގެ ގަޑިއިރެއްހާ ކުރީންނެވެ.
އެގޮތުން އަރަގްޗީ ރަޝިޔާއަށް ދަތުރުކުރެެއްވި ފްލައިޓުގައި ކޯލްސައިން ޚާއްސަކޮށްފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު މިނާބް ސިޓީގެ އެލިމެންޓަރީ ސްކޫލަކަށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާއެއްގައި މަރުވި ކުދިންގެ ހަނދާނުގައި އެވެ. އެގޮތުން އަރަގްޗީ ދަތުރުކުރެއްވި ފްލައިޓުގެ ކޯލް ސައިންއަކީ މިނާބް 168 އެވެ.
އީރާނުގެ ސްޓްރެޓެޖިކް އެކުވެރިއެއްގެ ގޮތުގައި ރަޝިޔާ އޮންނަތާ މިހާތަނަށް އެތައް ގަރުނެއް ވަނީ ވެފައި އެވެ. އެގޮތުން ފާޅުގައި އިރާނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭކަމަށް ރަޝިޔާއިން ހާމަނުކުރި ނަމަވެސް އިރާނުގެ ދިފާއީ ބާރުތައް ވަރުގަދަ ވެގެން ގޮސްފައިވަނީ ރަޝިޔާގެ އެހީތެރިކަމާއިއެކުގައި ކަމަށް އެމެރިކާ ފަދަ ގައުމުތަކުން ތުހުމަތު ކުރެއެވެ.
އިރާނުގެ އިސް އޮފިޝަލަކު ޕުޓިންއާއި ބައްދަލުކުރެއްވުމަށް ރަޝިޔާއަށް ވަޑައިގެންނެވި އިރު ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލާފައި އޮތްނަމަވެސް ހަނގުރާމައަށް ދާއިމީ ނިމުމަކަށް އައުމަށް ކުރަމުންދާ މަޝްވަރާތައް އޮތީ ކޮންމެވެސް ވަރަކަށް މަޑުޖެހިފައި އެވެ. މިދިޔަ ހޮނިހިރު ދުވަހު އިސްލާމްބާދުގައި މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށްޓަކައި ޕާކިސްތާނުން މަސައްކަތްކުރި ނަމަވެސް އެމެރިކާގެ އޮފިޝަލުން މަޝްވަރާތަކަށް ހާޒިރެއް ނުވެއެވެ. ނަމަވެސް އިރާނުގެ ހާރިޖީ ވަޒީރު އަރަގްޗީ ވަނީ މަޝްވަރާތަކަށް ހޮނިހިރު ދުވަހު އިސްލާމުއާބާދަށް ވަޑައިގެން ޕާކިސްތާނުގެ އިސް އޮފިޝަލުންނާއިއެކު މަޝްވަރާކުރައްވާފައި އެވެ.
ގުޅުންހުރި

ހަނގުރާމައިގެ މަޝްވަރާތައް މަޑުޖެހިފައިވަނިކޮށް އިރާނުގެ ހާރިޖީ ވަޒީރު ޕުޓިންއާއި ބައްދަލުކުރެއްވުމަށް ރަޝިޔާއަށް!

ޔޫރަޕަށް ހަމަލާދޭކަށް ނޫޅެން، އެފަދަ ވިސްނުމެއްވެސް ނެތް - ޕުޓިން

ގެއްލުނު ބޯޓު އޮތީ ވެއްޓިފައި، ދަތުރުކުރި އެންމެން މަރުވެއްޖެ - ރަޝިޔާ އޮފިޝަލުން




