logoEN
PNC TOP 3
ގެއްލުނު ބޯޓު އޮތީ ވެއްޓިފައި، ދަތުރުކުރި އެންމެން މަރުވެއްޖެ - ރަޝިޔާ އޮފިޝަލުން

ގެއްލުނު ބޯޓު އޮތީ ވެއްޓިފައި، ދަތުރުކުރި އެންމެން މަރުވެއްޖެ - ރަޝިޔާ އޮފިޝަލުން

އަހުމަދު ޝުރާއު

logo

7/24/2025, 7:23:16 AM

# ރަޝިޔާ

-

ރަޝިޔާއިން މިއަދު ގެއްލުނު ބޯޓު ވެއްޓިފައިވާކަން ކަަށަވަރުވެއްޖެ އެވެ.

PNC MID 2

ސައިބީރިއާގެ އަންގާރާ ނަމަކަށް ކިޔާ އެއާލައިނަކުން އޮޕަރޭޓްކުރަމުން ދިޔަ މަތިންދާބޯޓު ރާޑަރުން ގެއްލުނީ ޗައިނާގެ ބޯޑަރާއި ޖެހިގެން އޮންނަ އަމުރު ސަރަހައްދުގެ އަވަށެއް ކަމަށްވާ ޓައިންޑާ ނަމަކަށް ކިޔާ އަވަށަކާއި ކައިރިވަމުން ދަނިކޮށް އޭއެން-24 މަރުކާގެ މަތިންދާބޯޓު އެއާ ޓްރެފިކް ކޮންޓްރޯލަރުންނާއި ގުޅުން ކެނޑުނީ މިއަދު ރަޝިއާގެ ދުރުއިރުމަތިން ގާތްގަނޑަކަށް 49 މީހުން ގޮވައިގެން ދަތުރުކުރަމުން ދަނިކޮށެވެ.

ރަޝިޔާގެ މީޑިއާތަކުން މިހާރު ވަނި މި ބޯޓު ވެއްޓިއްޖެކަން ކަށަވަރުކޮށްދީފައި އެވެ.

ރަޝިޔާގެ ނިއުސް އެޖެންސީ ޓަސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޯޓު ވެއްޓުނު ކަމަށް ލަފާކުރެވެނީ މޫސުން ގޯސްވުމުގެ ސަބަބުން ވިޒިބިލިޓީ ދަށްވުމާއިއެކު ބޯޓު ޖައްސަން އުޅުނު ވަގުތު ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. އެގޮތުން މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމާތް ވެފައިނުވާކަމަށްވެސް ވަނީ ރިޕޯޓުކޮށްފައި އެވެ.

ރަޝިޔާގެ ރީޖަނަލް ގަވަރުނަރެއް ކަމަށްވާ ވަސިލީ އޯރްލޯވް ވިދާޅުވީ އިބްތިދާއީ މައުލޫމާތަށް ބަލާއިރު ބޯޓުގައި 43 ފަސިންޖަރުން ތިބި ކަމަށާއި އޭގެ ތެރޭގައި ފަސް ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އަދި ޕަސިންޖަރުންގެ އިތުރުން އިތުރު ހަ ފަޅުވެރިން ވެސް ތިބިކަމުން ބޯޓުގައި ޖުމުލަ 49 މީހުން ތިބި ކަމަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC