
ފަސޭހަކަމާއެކު އެންޖީސީ ބަލިކޮށް އެސްޖީސީ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި
# ފ.ނިލަންދޫ# ރަށްވެހި ޗެލެންޖު 2024# ދިވެހި ކުޅިވަރުއެސްޖީސީ އާއި އެންޖީސީ ވާދަކުރި މެޗުގެ ތެރެއިން...
ފ.ނިލަންދޫގައި މިހާރު ކުރިއަށްދާ ރަށްވެހި ޗެލެންޖު 2024 ގެ ފުރަތަމަ މެޗުގައި ނެކްސްޓް ޖެނަރޭޝަން ކުލަބު (އެންޖީސީ) އާއި ސުޕަރ ޖެނަރޭޝަން ކުލަބު (އެސްޖީސީ) ވާދަކުރި މެޗު ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެސްޖީސީ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އެސްޖީސީ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 3-1 ގެ ނަތީޖާއަކުން އެސްޖީސީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެޗު ޑޮމިނޭޓްކުރީ ވެސް އެސްޖީސީ އިންނެވެ. ނަތީޖާއަކުން މިހާފުގައި އެޓީމުން ވަނީ އިތުރު ތިންލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އެސްޖީސީގެ ހަސަން ނަޒީމް ތިން ލަނޑު ކާމިޔާބުކޮށް ހެޓްރިކްހެދިއިރު، އެޓީމުގެ އަހުމަދު ވާފިރު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި އެންޖީސީގެ ހަމައެކަނި ލަނޑު އާލަފު އަހުމަދު ކާމިޔާބުކުރި އިރު، މެޗުގެ މޮޅު ކުޅުންތެރި އަކީއެސްޖީސީގެ ހަސަން ނަޒީމް އެވެ.
މިމުބާރާތަކީ ފ.އަތޮޅު ނިލަންދޫ ރަށްވެހި ގުރޫޕުން އިންތިޒާމުކޮށް 2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ނިލަންދޫގައި ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިމުބާރާތުގައި މިއަހަރު ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މުބާރާތުގައި ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން އެންމެޗުކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިިނަލަށް ހޮވޭގޮތުގައެ.
މީގެ އިތުރުން މި އަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ އަކީ ނިލަންދޫ ދާއިރާގެ މަޖްލީސް މެންބަރު ފާތުމަތު ސައުދާ އެވެ.އަދި މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ލަންކާ މާސްޓަރސް އެތްލެޓިކްސް މުބާރާތުގެ ޗެންޕިއަންކަން ރާއްޖޭގެ މާސްޓަރސް ޓީމު ހޯދައިފި

އޭޝިއާ އެތުލެޓިކްސް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެތްލީޓުން ކޮރެއާއަށް ދިއުމައްޓަކައި ފުރައިފި

ވޭލިއަންޓް ވޯރިއާސްގެ ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
