logoEN
WAMCO TOP 1
ހާލުގައި ޖެހުނު ލޯންޗެއް ރައްކާތެރިކަމާއެކު ނިލަންދޫއަށް ގެންގޮސްފި

ހާލުގައި ޖެހުނު ލޯންޗެއް ރައްކާތެރިކަމާއެކު ނިލަންދޫއަށް ގެންގޮސްފި

# ފުލުހުން# ފ.ނިލަންދޫ

ހާލުގައި ޖެހުނު ލޯންޗު ރައްކާތެރިކަމާއެކު ނިލަންދޫއަށް- ފޮޓޯ: ފުލުހުން

ފ. ނިލަންދޫ އިން ފުރައިގެން ދ. މީދޫއަށް ދަތުރުކުރި ލޯންޗެއް ކަނޑުގަދަވެ ހާލުގައި ޖެހުމާއި ގުޅިގެން، ފުލުހުން ހަރަކާތަްތެރިވެ ލޯންޗު ރައްކާތެރިކަމާއެކު ނިލަންދޫއަށް ގެންގޮސްދީފަ އެވެ.

THE TRAVELLER AD

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 15:50 ހާއިރު ކަމަށެވެ.

ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނަށް ހާދިސާގެ ރިޕޯޓް ލިބުމާއެކު ވަގުތުން ފުލުހުންގެ ލޯންޗު ނުކުމެ ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދ. ފުށިކަނޑު ސަރަހައްދުން އެ ލޯންޗު ހޯދައި، އޭގައި ތިބި 15 މީހުންނާއެކު ރައްކާތެރިކަމާއެކު ނިލަންދޫއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ލޯންޗުގައި ތިބި، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 12 ފަސިންޖަރުންނާއި 3 ފަޅުވެރިން ކަމަށެވެ. އަދި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.މި ހާދިސާ ހިނގަން މެދުވެރިވީ ކަނޑުގަދަވުމުގެ ސަބަބުން ލޯންޗަށް ރާޅު އެރުމާ ގުޅިގެންކަމަށް ފުލުހުން ބުންޏެވެ.ފުލުހުން ވަނީ ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުފަހަރުގައި ފުރިހަމަވާންޖެހޭ ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިތޯ ބެއްލެވުމަށް އިލްތިމާސްކޮށްފަ އެވެ.

މީގެއިތުރުން މެޓް އޮފީހުންވެސް ވަނީ މި ދުވަސްކޮޅު މޫސުން ގޯސްވާނޭތީ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރިފަ އެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތައް އެކަމަށް ސަމާލުވުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް
ފަހުގެ
HDC