logoEN
Sto top
އަރްޖުންގެ "އައި އޭމް ސިންގަލް" ކޮމެންޓަށް މަލައިކާ އެންމެ ފަހުން ރައްދު ދީފި

އަރްޖުންގެ "އައި އޭމް ސިންގަލް" ކޮމެންޓަށް މަލައިކާ އެންމެ ފަހުން ރައްދު ދީފި

ސާރާ އަހުމަދު

logo

12/25/2024, 11:30:36 AM

# ބޮލީވުޑް

--

މަލައިކާ އަރޯރާ އާއި އަރްޖުން ކަޕޫރަކީ ބޮލީވުޑްގެ އެންމެ ގިނަ ބައެއްގެ ތައުރީފު ލިބުން އެއް ޖޯޑެވެ. ނަމަވެސް މިއަހަރު ތެރޭގައި އަޑުއިވިގެން ދިޔައީ އެ ދެތަރިން ވަކިވާން ނިންމި ހަބަރެވެ. މިކަމާ ގުޅިގެން ދެތަރިންވެސް މާބޮޑު ވާހަކައެއްދައްކާފައި ނުވެއެވެ.

Wamco

ނަމަވެސް ދާދި ފަހުން އަރްޖުން ވަނީ އޭނާ މިހާރު ސިންގަލްކަން ޕަބްލިކް އިވެންޓެއްގައި ހާމަކޮށްފައިއެވެ. މިއާއި ގުޅިގެން މަލައިކާގެ ބަހެއް ނުލިބިގެން އެކި ގޮތްގޮތަށް މީހުން ވާހަކަދައްކަމުން ދިޔައެވެ. ނަމަވެސް މިހާރު މިއޮތީ އެކަމާ ގުޅިގެން މަލައިކާގެ ބަހެއް އެންމެ ފަހުން ލިބިފައިއެވެ.

ދާދި ފަހުން އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ދިރިއުޅުމުގެ ބައެއް ކަންކަން ސިއްރުކުރަން ބޭނުންވާ ކަން ހާމަކޮށް އޭނާ ބުނީ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ދައްކަން ޕަބްލިކް ޕްލެޓްފޯމެއް ދުވަހަކުވެސް އިޚްތިޔާރު ނުކުރާނެ ކަމަށެވެ. މަލައިކާ އިތުރަށް ބުނިގޮތުގައި މިއީ ފާއިތުވި އަހަރުގެ ގޮންޖެހުންތަކުން އަރައިގަނެ އެންމެން ވެސް ކުރިއަށް ގޮސް އާ އަހަރާ ގުޅެންވީ ވަގުތު ކަމަށެވެ.

މަސައްކަތުގެ ގޮތުން މަލައިކާ އެންމެ ފަހުން ފެނިގެންދިޔައީ "މަޖާ ޔޭކް ނަމްބަރު" ލަވައިގެ ޚާއްޞަ ފެނިލުމަކުންނެވެ. އަދި އަރްޖުން ފެނިގެންދިޔައީ ރޯހިތު ޝެޓީގެ ފިލްމު "ސިންގަމް އެގެއިން" ނެވެ. އަޖޭ، ޓައިގާ، ކަރީނާ، ރަންވީރު އަދި ދީޕިކާ ފަދަ ތަރިންނާ އެކު ސްކްރީން ޝެއާކުރަމުން އަރްޖުން ފެނިގެންދިޔަ ވަރުގަދަ ކެރެކްޓާއަށް ގިނަ ބައެއްގެ ތައުރީފު އަރުޖުން އަށް ލިބިފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside