
ދެމެހެއްޓެނިވި ގޮތެއްގައި ރަށްގިރުން ހުއްޓުވުމަށް ތަމްރީނު ލިބުނު ފަރާތްތަކުން އެކްޝަން ޕްލޭން ހިއްސާކޮށްފި
# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ--
މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނާރޖީގެ ކޯސްޓަލް ސެކްޝަންގެ މުވައްޒަފުންނާއި އެހެނިހެން ޓެކްނިކަލް މާހިރުންނާއެކު "ސަސްޓެއިނަބަލް ކޯސްޓަލް ޕްރޮޓެކްޝަން މެޝަރސް އެޓް އައިލެންޑް ކަންޓްރީސް" ތަމްރީނު ޕްރޮގްރާމްގެ ބައިވެރިން އެމީހުންގެ އަމިއްލަ އެކްޝަން ޕްލޭންތައް ހިއްސާކޮށްފިއެވެ.

މިއަދު ބޭއްވުނު މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކުން އެކުލަވާލާފައިވާ އެކްޝަން ޕްލޭންތައް މުހިންމު ޓެކްނިކަލް މުވައްޒަފުންނާ ހިއްސާކޮށް، މަޝްވަރާކުރުމާއި، އަދި މި ޕްލޭންތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް އަޅަންޖެހޭ ޢަމަލީ ފިޔަވަޅުތައް ގުޅިގެން ދެނެގަތުމެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ދިވެހިރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ އެކި ޕްލޭންތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މީގެ ތެރޭގައި ރަށްގިރުން ހުއްޓުވުމަށް އެޅިދާނެ ދެމެހެއްޓެނިވި ފިޔަވަޅުތަކާއި، ތިމާވެއްޓާ ރައްޓެހި ހައްލުތައް ހޯދުމަށް ކުރެވިދާނެ ކަންކަން ހިމެނެއެވެ.
މި ބާވަތުގެ ބައްދަލުވުންތަކަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށް ވަރަށް މުހިންމު ފުރުޞަތުތަކެކެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި މި އެކްޝަން ޕްލޭންތައް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީން މަސައްކަތްކުރާނެއެވެ.
ގުޅުންހުރި

ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މި ހިނގާ ޖޫން މަހުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް!

ފެނަކައިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކޮށްފި

ދެމެހެއްޓެނިވި ގޮތެއްގައި ރަށްގިރުން ހުއްޓުވުމަށް ތަމްރީނު ލިބުނު ފަރާތްތަކުން އެކްޝަން ޕްލޭން ހިއްސާކޮށްފި
.webp&w=3840&q=75)