logoEN
Sto top
ފާއިތުވި އެއްއަހަރުގެ ތެރޭގައި އަތޮޅު ތެރޭގައި މަތީ ތަޢުލީމު ފުޅާކުރުމުގެ އެތަށް މަސައްކަތްތަކެއް ކުރެވުނު!

ފާއިތުވި އެއްއަހަރުގެ ތެރޭގައި އަތޮޅު ތެރޭގައި މަތީ ތަޢުލީމު ފުޅާކުރުމުގެ އެތަށް މަސައްކަތްތަކެއް ކުރެވުނު!

އަހުމަދު ޝުރާއު

logo

12/24/2024, 2:41:32 PM

# މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާއި ބެހޭ ވުޒާރާ

--

ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ އެކި އަތޮޅުތަކުގައި މަތީ ތަޢުލީމު ފުޅާކުރުމަށް އެތަށް މަސައްކަތްތަކެއް ކުރެވިފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، އަޙްމަދު ޝަފީޢު ވަނީ ވިދާޅުވެފައެވެ.

Wamco

ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ކުރެވުނު ސުވާލަށް ޖަވާބު ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އަތޮޅު ތެރޭގެ ރަށްރަށުގައި، މަތީ ތަޢުލީމު ފުޅާކުރެވިފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، ރަށްރަށުގައި ޤާޢިމްކުރެވިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ކެމްޕަސްތަކުގައި އައު ކޯސްތަށް ފަށާފައިވާކަމަށާއި، މާލެއަށް ދަތުރު ނުކޮށް، ރަށުގައި ތިބެ މަތީ ތަޢުލީމު ހާޞިލުކުރުމުގެ ފުރުޞަތު އިތުރުވެފައިވާކަމަށެވެ.

މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭއަށް މުޙިއްމު އެކި ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގެ އެކި މަސައްކަތްތަށް ފަށާފައިވާކަމަށެވެ. އެގޮތުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ދިވެހިހިންގެ ޢަދަދު އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތަށް ހިންގުމުގެ މަސައްކަތްތަށް ކުރިއަށްގެންދާކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން މަސްވެރިކަން އަދި ދަނޑުވެރިކަމުގެ ދާއިރާ އިން ޒުވާނުން ތަމްރީނުކުރުމުގެ މަސައްކަތްތަށް ކުރިއަށްދާކަން ވަނީ ހާމަކުރައްވާފައިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC