logoEN
Sto top
"ބީ ބޯލްޑް ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024" ގެ ކުޅުން ފަށައިފި

"ބީ ބޯލްޑް ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024" ގެ ކުޅުން ފަށައިފި

ހަސަން ޝަމްއޫން

logo

12/23/2024, 11:34:26 AM

# ދިވެހި ކުޅިވަރު # ބީ ބޯލް ހުވަދޫ ވަތަބަނޑޭރި ވޮލީބޯޅަ މުބާރާތް 20224

"ބީ ބޯލްޑް ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

ގައްދޫ ކައުންސިލުން މުޅި ހުވަދޫއަތޮޅަށް ހުޅުވާލައިގެން ކުރިޔަށްގެންދާ " ބީ ބޯލްޑް ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024" ގެ ކުޅުން މިއަދު ހަވީރު ފަށައިފިއެވެ.

Wamco

މުބާރާތް ފެއްޓުމުގެ ގޮތުން ގައްދޫ ވޯލީ ކޯޓުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ގދ.އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އެވެ. އަދި މި ރަސްމިއްޔާތުގައި ގައްދޫ ކައުންސިލްގެ ރައީސް އަހުމަދު މުހައްމަދުގެ އިތުރުން ގައްދޫ ކައުންސިލްގެ މެންބަރުންނާއި ގދ. ވާދޫ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގައްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށް މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގައި މިއަހަރު ޖުމްލަ 13 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ފަސް ޓީމާއި އަންހެން އަށް ޓީމެވެ. އަދި މިމުބާރާތުގައި ރަށުން ބޭރުގެ ހަ ޓީމެއް ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ގައްދޫ ކައުންސިލްގެ ޚާއްސަ ދައުވަތަކަށް ފުވައްމުލަކު ސިޓީ އިން ބައިވެރިވި އަންހެން ދެޓީމު ވެސް ހިމެނެއެވެ.

ދެޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.

ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލް ފުރަތަމަ މެޗުން މޮޅުވާ ޓީމަށް މުބާރާތުގެ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ. އަދި ދެގުރޫޕުން ވެސް ދެވަނަ ހޯދާ ދެޓީމުގެ މެދުގައި ކުޅެވޭ ސެމީފައިނަލުގެ ދެވަނަ މެޗުން މޮޅުވާ ޓީމެއް ޕްލޭއޮފް މެޗުގައި ވާދަކުރަންޖެހޭނީ ސެމީފައިނަލް ފުރަތަމަ މެޗުން ބަލިވި ޓީމާއި ދެކޮޅަށެވެ. އަދި ޕްލޭއޮފް މެޗުން މޮޅުވާ ޓީމަށް މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.

މީގެ އިތުރުން މުބާރާތުގެ ފިރިހެން ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ފަސް ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗުކުޅެ ލީގުބުރުގެ އެއްވަނަ ހޯދާ ޓީމަކަށް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭގޮތަށެެވެ. އަދި ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅެވޭ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ދެވަނަ ޖާގަ ލިބިގެންދާނެއެވެ.

23 ޑިސެންބަރު 2024 އިން 1 ޖެނުއަރީ 2025 ގެ ލިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގެ ދެޑިވިޝަންގެ ޗެންޕިއަން ޓީމަށް 55،000 އަދި ރަނަރަޕް ދެޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި ވާއިރު، މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ބީ ބޯލްޑް ޕްރައިވެޓް ލިމިޓެޑެވެ. އަދި މިމުބާރާތުގެ ހުރިހާ މެޗެއް އިވެންޓްކާސްޓް މޯލްޑިވްސް އިން ލައިވްކުރުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside