logoEN
Sto top
ހަވަރު ސްޕޯޓްސް ކުލަބު ބަލިކޮށް ލީގު ބުރުގެ އެއްވަނަ  އެޕެކްސް އިން ކަށަވަރުކޮށްފި

ހަވަރު ސްޕޯޓްސް ކުލަބު ބަލިކޮށް ލީގު ބުރުގެ އެއްވަނަ އެޕެކްސް އިން ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

12/21/2024, 2:08:50 PM

# ދިވެހި ކުޅިވަރު # ގދ.އަތޮޅު ކައުންސިލް ބެޑްމިންޓަން މުބާރާތް 2024# ހުވަދޫ ބެޑްމިންޓަން ކްލަބް

ހަވަރު އެސްސީ އާއި ޓީމު އެޕެކްސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން

ތިނަދޫ ސިޓީގައި މިހާރު ކުރިއަށްދާ ގދ. އަތޮޅު ކައުންސިލް ބެޑްމިންޓަން މުބާރާތުގައި މިއަދު ހެނދުނު ހަވަރު ސްޕޯޓްސް ކުލަބާއި ޓީމު އެޕެކްސް ވާދަކުރި މެޗު 3-2 ގެ ނަތީޖާއަކުން މޮޅުވެ އެޕެކްސް އިން ލީގު ބުރުގެ އެއްވަނަ ކަށަވަރުކޮށްފިއެވެ.

Wamco

މެންސް ސިންގަލް ގޭމުގައި އަހުމަދު ޒިޔާދުﷲ (ހަވަރު ސްޕޯޓްސް) އާއި އަޖޭ ދަންކަރު (ޓީމު އެޕެކްސް) ވާދަކޮށް 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަޖޭ ދަންކަރު އެވެ. މިގޭމުގައި އަޖޭ ދަންކަރު ފުރަތަމަ ސެޓް 10-21 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް ކާމިޔާބުކުރީ 11-21 ގެ ނަތީޖާއަކުންނެވެ.

ވުމެންސް ސިންގަލް ގޭމުގައި އައިޝަތު އިބްރާހިމް (ހަވަރު ސްޕޯޓްސް) އާއި އައިކާ ޚަލީލް (ޓީމު އެޕެކްސް) ވާދަކޮށް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އައިކާ އެވެ. މިގޭމުގައި އައިކާ ފުރަތަމަ ސެޓް 16-21 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް 22-20 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އައިޝަތު އިބްރާހިމް އެވެ. އަދި މެޗުގެ ތިންވަނަ ސެތް އައިކާ ކާމިޔާބުކުރީ 14-21 ގެ ނަތީޖާއަކުންނެވެ.

މެންސް ޑަބަލްސް ގޭމުގައި ހަވަރު ސްޕޯޓްސްގެ އިބްރާހިމް ނަޝީދު އަދި ސަންދީބު އާއި ޓީމު އެޕެކްސްގެ އަޖޭ ދަންކަރު އަދި ނާތިޖް ވާދަކޮށް 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ޓީމު އެޕެކްސްގެ ޕެއާ އެވެ. މިގޭމުގައި ފުރަތަމަ ސެޓް 17-21 ގެ ނަތީޖާއަކުން ޓީމު އެޕެކްސް ކާމިޔާބުކުރިއިރު ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 16-21 ގެ ނަތީޖާއަކުން ނެވެ.

ވުމެންސް ޑަބަލްސް ގޭމުގައި ހަވަރު ސްޕޯޓްސްގެ އައިޝަތު އިބްރާހިމް އަދި ޚަދީޖާ އަހުމަދު އާއި ޓީމު އެޕެކްސްގެ އާސިމާ މުހައްމަދު އަދި އައިކާ ޚަލީލް ވާދަކޮށް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހަވަރު ސްޕޯޓްސް ކުލަބުގެ ޕެއާ އެވެ. މިގޭމުގައި ފުރަތަމަ ސެޓް 10-21 ގެ ނަތީޖާއަކުން ހަވަރު ސްޕޯޓްސް ކުލަބު ކާމިޔާބުކުރިއިރު، ދެވަނަ ސެޓް ޓީމު އެޕެކްސް އިން ކާމިޔާބުކުރީ 15-21 ގެ ނަތީޖާއަކުން ނެވެ. އަދި މެޗުގެ ނަތީޖާ ނެރުމަށް ކުޅެވުނު ތިންވަނަ ސެޓް ހަވަރު ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ 22-20 ގެ ނަތީޖާއަކުންނެވެ.

މިމެޗު މިކްްސް ޑަބަލްސް ގޭމުގައި ހަވަރު ސްޕޯޓްސްގެ އިބްރާހިމް ނަޝީދު އަދި ޚަދީޖާ އަހުމަދު އާއި ޓީމު އެޕެކްސްގެ މުހައްމަދު ނިޒާރު އަދި އާސިމާ މުހައްމަދު ކުޅެން އޮތް މެޗު ޓީމު އެޕެކްސް ދޫކޮށްލުމުން 2-0 ގެ ނަތީޖާއަކުން މޮޅުވީ ހަވަރު ސްޕޯޓްސް ކުލަބެވެ.

ޑިސެންބަރު 20 އިން 22 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ހަތަރު ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.

މީގެ އިތުރުން މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 އަދި ރަނަރަޕް ޓީމަށް 15,000 ރުފިޔާގެ ފައިސާގެ އިނާމެއް ކަޑައަޅާފައިވާއިރު، މުބާރާތުގައި ބައިވެރިވެފައިވާ ހަތަރު ޓީމުންކުރެ ކޮންމެ ޓީމަކަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހުވަދޫ ބެޑްމިންޓަން ކުލަބުން ވަނީ ނިންމާފައެވެ.

މިމުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް އުރިދޫ މޯލްޑިވްސް ހަމަޖައްސާފައިވާއިރު، ބޭންކިންގް ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި މެޑިކަލް ޕާޓްނަރަކަށް އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްބަރުންނަކީ ހަތްތަރި ކެފޭ އަދި ޒިމަމަން ރެސްޓޯރެންޓެވެ. މީގެ އިތުރުން މުބާރާތުގެ ޓަރަވަލް ޕާޓްނާއަކަށް ވިލާ އެއަރ ހަމަޖައްސާފައިވާއިރު، މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside