logoEN
Sto top
ފަޒުލް އިސްތިއުފާ ދެއްވައިފި

ފަޒުލް އިސްތިއުފާ ދެއްވައިފި

އަހުމަދު ޝުރާއު

logo

12/21/2024, 4:06:21 PM

# އެޗްޑީސީ

--

ހައުސިންގެ ޑިވެލޮޕްމެންޓު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު އެމަގާމުން އިސްތިއުފާ ދެއްވަައިފި އެވެ.

Wamco

ފަޒުލް މަގާމުން އިސްތިއުފާ ދެއްވި އިރު އޭނާ ހުންނެވީ ސަސްޕެންޝަނުގައި އެވެ. ފަޒުލް އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގައި އެވެ.

އެގޮތުން ފަޒުލްގެ އިސްތިއުފާ ސިޓީ ފޮނުއްވާފައިވަނީ ސީދާ ރައީސް ޑރ މުހައްމަދު މުއިއްޒުއަށެވެ. ފަޒުލް އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވީ ވަޒީރު ފެންވަރުގައި އެވެ. އެސިޓީ ފަޒުލް ވަނީ މީސްމީޑިއާގައި ޝާއިއުކޮށްފައެވެ.

ރައީސަށް ފަޒުލް ފޮނުއްވި ސިޓީގައި ވިދާޅުވީ އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހޭދަކުރި މުއްދަތުގައިއާއި މިހާރު ކުރެވެމުންދާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށާއި މަގާމަށް އައްޔަނުކުރެވުނު ފަހުން ކުންފުނީގެ ފަރާތުން މިހާތަނަށް ކޮށްފައިވާ އެންމެހާ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކުގެ އިމުގެ ތެރެއިން ކުންފުނީގެ މަސްލަތު އިސްކޮށްގެން ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށެވެ.

އަދި "ބިންވެރިޔާ" ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށާއި އެދެނީ އެ ތުހުމަތުތަކުގެ ހަގީގަތް ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަވުން ކަމަށް ފަޒުލްގެ ސިޓީގައި ވިދާޅުވިއެވެ.

" މިކަމުގެ ސަބަބުން ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ހުއްޓިފައި އޮންނާކަށް އަޅުގަނޑު ނޭދެމެވެ،" ފަޒުލްގެ ސިޓީގައިވެއެވެ.

ފަޒުލް ވިދާޅުވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ "ބިންވެރިޔާ" ސްކީމާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަށް ފުރުސަތު ދިނުމަށާއި ކުންފުންޏާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

ސިޓީ ނިންމާލަމުން ފަޒުލް ވަނީ ސަރުކާރަށް ކާމިޔާބަށް ވެސް އެދިވަޑައިގެންފައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside