
--
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ފަޔާޒު މަންސޫރު އައްޔަންކޮށްފި އެވެ.

ފަޔާޒް އަކީ މި ސަރުކާރުގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވި ފުރަތަމަ ބޭފުޅާއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޔާޒު އެމަގާމަށް އައްޔަނުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ޕީސީބީންނެވެ. ނަމަވެސް ފަޔާޒު ރަސްމީކޮށް އޮފީހަށް ނުކުންނަވަން ފެއްޓެވީ މިއަދު އެވެ. އޮފީހަށް ރަސްމީކޮށް ނުކުމެވަޑައިގެން ފަޔާޒު މިއަދު ވަނީ ކުންފުނީގެ ހެޑް އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ބައްދަލުކުރައްވާފައި އެވެ.
އާކިޓެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ފަޔާޒު ވަނީ ކުއަންޓިޓި ސާވޭ އިން ޑިގްރީ ހައްދަވައި ބިލްޑިން ސައިންސް އިން ނިއުޒިލެންޑުގެ ވިކްޓޯރިއާ ޔުނިވާސިޓީން މާސްޓަރސް ހާސިލުކުރައްވާފައި އެވެ.
އެޗްޑީސީއަށް ރައީސް މުއިއްޒުގެ ވެރިކަމުގައު ފުރުތަމަ ޑީއެމްޑީއެއް އައްޔަނުކުރި އިރު ދާދި ފަހުން އެކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދުގެ މައްޗަށް ކޮަރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުމާއި ގުޅިގެން އޭނާ ވަނީ މަގާމުން އިސްތިއުފާދެއްވާފައި އެވެ. އަދި އައު އެމްޑީއަކަށް އައްޔަނުކޮށްފައިވަނީ ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް އެވެ.
ގުޅުންހުރި

ގާނޫނާ އެއްގޮތަށް، އަމިއްލަ އިސްނެގުމުގައި މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ!

އިސޫ އަށް ހަމަލާ ދިން މީހާގެ ބަންދަށް 5 ދުވަސް ޖަހައިފި

އެޗްޑީސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026 ގައި ބައިވެރިވުމަށް ހުޅުވާލައިފި




