logoEN
Sto top
އަތޮޅު ކައުންސިލް ރައީސްއެކަށީގެންވާ ގޮތެއްގައި ކުރިއަށް ދިއުމަށް އެދޭނަމަ، އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫޙު އޮންނަންޖެހޭނެ - ފައިހަތު

އަތޮޅު ކައުންސިލް ރައީސްއެކަށީގެންވާ ގޮތެއްގައި ކުރިއަށް ދިއުމަށް އެދޭނަމަ، އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫޙު އޮންނަންޖެހޭނެ - ފައިހަތު

އަހުމަދު ޝުރާއު

logo

12/20/2024, 1:08:18 PM

# ގދ އަތޮޅު ކައުންސިލް# ހަސަން ފައިހަތު ޤުދުރަތުالله

--

އެކަށީގެންވާ ގޮތެއްގައި ކުރިއަށް ދިއުމަށް އެދޭނަމަ، އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫޙު އޮންނަންޖެހޭނެ ކަމަށް ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުالله ވިދާޅުވެއްޖެ އެވެ.

Wamco

ފައިހަތު މިފަދައިން ވިދާޅުވީ ރޭ އޮތް "ކަންގަތި" އެވޯޑް ހަފްލާގައި ގދ އަތޮޅު ކައުންސިލުން ރާއްޖޭގެ ކައުންސިލްތަކުގެ ތެރެއިން ގަދަހަމާންތި އިއްޒަތުގެ ތިންވަނަ ދަރަޖަ ލިބުމާއި ގުޅިގެން މީސް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ފައިހަތު ވިދާޅުވީ ގދ. އަތޮޅު ކައުންސިލްގެ މި ދައުރު ފެށުނުއިރު، ކައުންސިލްގެ ޚިދުމަތުގެ ތަރުތީބަކީ ދިވެހިރާއްޖޭގެ އަތޮޅު ކައުންސިލްތަކުގެ 17 ވަނަ ކަމަށާއި ނަމަވެސް، އިދާރީ މުވައްޒަފުންނާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލް މެންބަރުން ގުޅިގެން ކުރި ކާމިޔާބު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިހާރު އެ އަތޮޅު ކައުންސިލަކީ މުޅި ދިވެހިރާއްޖޭގެ 3 ވަނަ ހޯދައި، “ގަދަހަމާންތި އިއްޒަތުގެ ތިންވަނަ ދަރަޖަ” ޙާޞިލްކުރި ކައުންސިލް ކަމަށެވެ.

ފައިހަތު ވަނީ މި ފަޚުރުވެރި ކާމިޔާބީއަށްޓަކައި، އެކައުންސިލްގެ މުވައްޒަފުންނަށާއި ކައުންސިލް މެންބަރުންނަށް ޝުކުރު އަދާކުރައްވާފައި އެވެ.

2024 ވަނަ އަހަރުގެ ކަންގަތި އެވޯޑް ހަފްލާގައި 2023 ވަނަ އަހަރުގެ ލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސް’ އަތޮޅު ކައުންސިލްތަކުން ތިންވަނަ ގދ. އަތޮޅު ކައުންސިލަށް ލިބުނު އިރު މިދިޔަ އަހަރުގެލޯކަލް ކައުންސިލް ޕަރފޯމަންސް އިންޑެކްސް’ ގައި 17 އަތޮޅު ކައުންސިލެއް ރޭންކް ކުރެވިފައިވާއިރު، އަތޮޅު ކައުންސިލްތަކުން އެއްވަނަ 0.5475 ގެ ކުރިއެރުމަކާއެކު ހޯދާފައި ވަނީ ލ.އަތޮޅު ކައުންސިލެވެ. އަދި 0.4865 ގެ ކުރިއެރުމަކާއެކު ދެވަނަ ހޯދާފައި ވަނީ ށ. އަތޮޅު ކައުންސިލެވެ. އަދި ގދ. އަތޮޅު ކައުންސިލް ތިންވަނަ ހޯދާފައި ވަނީ 0.3665 ގެ ކުރިއެރުމަކާއެކުއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside