
ގދ އަތޮޅު ކައުންސިލުން އެލްއޭސީއެއް އުފައްދައި ޑިރެކްޓަރުންގެ ބޯޑު އެކުލަވާލައިފި
# ގދ އަތޮޅު ކައުންސިލް--
ގދ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ލޯކަލް އޮތޯރިޓީ ކޮމްޕެނީއެއް (އެލްއޭސީ) އުފައްދައިފި އެވެ.

ގދ. އަތޮޅު ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކޮމްޕެނީ ގެ ނަމުގައި އުފެއްދި މި ކުންފުނި އުފެއްދުގެ ގަރާރު ފާސްކުރީ އެކައުންސިލްގެ ހަތަރުވަނަ ދައުރުގެ 38 ވަނަ ބައްދަލުވުމުގައެވެ.
މިއީ ގދ. އަތޮޅުގައި އަމިއްލަ ފަރާތްތަކުން ވިޔަފާރި ނުކުރާނެ ދާއިރާތަކުގައި ވިޔަފާރިކޮށް، އަތޮޅުގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ.
ކުންފުނި އުފެއްދުމަށްފަހު މިހާރު އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު ވަނީ އެކުލަވާލާފައި އެވެ. މިގޮތުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި އައްޔަން ކޮށްފައި ވަނީ ނުޒުރަތު އަފީފް (ކޭވަކުގެ/ގދ.ތިނަދޫ) އެވެ، އަދި ޑިރެކްޓަރުކަމަށް އައްޔަނުކޮށްފައިވަނީ ހުސައިން ވާރިޝް (ހަވީރީ އައްސޭރި/ގދ.ހޯނޑެއްދޫ) އާއި (މިނިވަން) އިސްމާއިލް ފަރުހާދު އަޙްމަދު (ރަނައުރާގެ/ގދ.ތިނަދޫ) އެވެ.
މީގެ އިތުރުން ކުންފުނީގެ ސެކްރެޓަރީއަކަށް އައްޔަނުކޮށްފައިވަނީ މުޙައްމަދު ޢަބްދުﷲ (ފްލޮރިޑާ/ގދ.ތިނަދޫ) އެވެ.
ގުޅުންހުރި

ގދ. އަތޮޅުގެ ބައެއް ފަޅުރަށްތަކުގެ ޙާލަތު ބައްލަވައިލެއްވުމަށް ވަޒީރު މާރިޔާ އެރަށްތަކަށް!

އެކަށީގެންވާ ގޮތެއްގައި ކުރިއަށް ދިއުމަށް އެދޭނަމަ، އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫޙު އޮންނަންޖެހޭނެ - ފައިހަތު

ގދ އަތޮޅު ކައުންސިލުން އެލްއޭސީއެއް އުފައްދައި ޑިރެކްޓަރުންގެ ބޯޑު އެކުލަވާލައިފި
