logoEN
Sto top
ފަޒުލް ހިމެނޭހެން އެޗްޑީސީގެ ބޯޑު މެމްބަރުން ސަސްޕެންޑުކޮށްފި

ފަޒުލް ހިމެނޭހެން އެޗްޑީސީގެ ބޯޑު މެމްބަރުން ސަސްޕެންޑުކޮށްފި

އަހުމަދު ޝުރާއު

logo

12/19/2024, 7:54:52 AM

# އެޗްޑީސީ

--

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނާތީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ހިމެނޭހެން އެކުންފުނީގެ ބޯޑު މިއަދުން ފެށިގެން ސަސްޕެންޑްކޮށްފި އެވެ.

Wamco

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނެވެރި ފަރާްތްކަމަށްވާ ޕީސީބީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ކުންފުނީގެ ބޯޑުގެ މެންބަރުން ސަސްޕެންޑްކޮށްފައި ވަނީ ފުލުހުން ކުރިށްގެންދާ ތަހުގީގު ނިމި ޕީބީސީން ވަކި އެއްޗެއް އަންގަންދެން، އެ ކުންފުނީގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން މިއަދުން ފެށިގެން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އަދި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދުވެސް މި ބޯޑުން ވަކި ގޮތެއް އަންގަންދެން އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑްކޮށްފައިވާ ކަމަށްވެސް ޕީސީބީން ވިދާޅުވިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، މިކަމާގުޅިގެން ގޯތި ލިބިފައިވާ އެއްވެސް ފަރާތެއްގެ އެއްވެސް ހައްގަކަށް އުނިކަމެއް ލިބިފައިނުވާކަން އަދި ނުވެސް ލިބޭނެކަމުގެ ޔަގީންކަން ހުރިހާ ފަރާތްތަކަށް އަރާ ކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީން ގޯތި ދިން މައްސަލައެއް ފެންމަތިވުމާއި ގުޅިގެން ފުލުހުން މިހާރު ވަނީ ޖިނާއީ ތަހުގީގެއް ފަށާފައި އެވެ. ފުލުހުން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެޗްޑީސީ އިން ގޯތިތަކެއް ދީފައިވާ ކަމަށް ވެލެވޭ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެމައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ފަށާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ރޭ އެޗްޑީސީން ބޭއްވި ކުއްްލި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދިނުމުގެ ބާރު އެޗްޑީސީގައި ނޯންނާނެ ކަމަށާއި ދައުރުވަމުންދާ ލިޔެކިޔުންތަކަކީ އެޗްޑީސީގެ ޕޯޓަލްއަށް އެދުނު ރިކުއެސްޓްތަކެއްގެ ވެރިފިކޭޝަނަށް ޕޯޓަލްއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ ސައްހަ ލިޔެކިޔުންތަކެއްތޯ ބެލުމަށް އެކުންފުނިން ހައުސިންގ މިނިސްޓްރީއާއި ދެމެދު ކުރެވުނު މުއާމަލާތްތަކުގެ ލިޔެކިޔުންތަކެއް ކަމަށެވެ.

އެގޮތުން ޕޯޓަލްގައި އެދިފައިވަނީ ބައުންޑްރީ ވޯލް ޕާމިޓަށް ކަމަށާއި ވެރިފިކޭޝަނަށް މިނިސްޓްރީގައި އެދުނީ ދެފަރާތަކުން އެއް ޕްލޮޓަކަށް ރިކުއެސްޓު ކުރުމާއި ގުޅިގެން އެކަމުގައި ސުވާލު އުފެދޭ ކަންކަން ހުރުމުން ކަމަށެވެ. ފޒުލް އިތުރަށް ވިދާޅުވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ބުނާ މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ފަށާފައިވާއިރު، އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން މުއައްސަސާތަކަށް ލިބޭނެކަމަށެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside