logoEN
Sto top
މީޑިއާ ކައުންސިލްގެ ރައީސަކަށް ސަގީފް!

މީޑިއާ ކައުންސިލްގެ ރައީސަކަށް ސަގީފް!

އަހުމަދު ޝުރާއު

logo

12/16/2024, 4:41:56 PM

# މޯލްޑިވްސް މީޑިއާ ކައުންސިލް

--

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްކަމުގެ މަގާމަށް ހުސައިން ސަގީފް އިންތިހާބުކޮށްފި އެވެ.

Wamco

އެމްއެމްސީގެ ރައީސްކަމަށް ސަގީފު އިންތިހާބުކުރީ މިއަދު އެމްއެމްސީގެ އައު މެމްބަރުންގެ މެދުގައި ނެގި ސިއްރު ވޯޓުންނެވެ. ރައީސް ކަމަށް ސަގީފު އާއި ވާދަކުރީ އެކައުންސިލްގެ މެމްބަރު ފާތިމަތު ޝަނާ މުހައްމަދުއެވެ.

އެމްއެމްސީގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުމަށް އިއްޔެވެސް ވޯޓެއް ނަގާފައިވާ އިރު، އެ ވޯޓުގައި ރައީސް ކަމަށް ވާދަކުރި ދެ މެންބަރުންނަށް ވެސް ހަތް ވޯޓު ލިބި ވަނީ އެއްވަރުވެފައެވެ. އެއާއި މިއަދު ވަނީ ރައީސްއަކު އިންތިހާބުކުރުމަށް ސިއްރު ވޯޓެއް ކުރިޔަށް ގެންގޮސްފައި އެވެ. މިއަދު މެމްބަރުންގެ މެދުގައި ނެގި މި ވޯޓުން ސަގީފަށް 8 ވޯޓު ލިބުނު އިރު ޝާނާއަށް ލިބުނީ 7 ވޯޓެވެ.

ސަގީފް މީޑީއާ ކައުންސިލަށް އިންތިހާބުވީ "ތިލަދުން" ގެ ފަރާތުންނެވެ. އަދި މީގެ ކުރިންވެސް ސަގީފް ވަނީ މީޑީއާ ކައުންސިލްގެ މެމްބަރުކަމާއި އެކައުންސިލްގެ ނައިބު ރައީސްކަންވެސް ކުރައްވާފައި އެވެ.

އެމްއެމްސީގެ އައު ދައުރުގެ ނައިބު ރައީސްއަކަށް އިންތިހާބުކޮށްފައިވަނީ އާންމުންގެ ތެރެއިން ކައުންސިލަށް އިންތިހާބުވި އިބްރާހިމް މުހައްމަދު އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside