logoEN
Sto top
އެމްއެމްސީއަށް މެމްބަރުން އިންތިހާބުކޮށްފި

އެމްއެމްސީއަށް މެމްބަރުން އިންތިހާބުކޮށްފި

އަހުމަދު ޝުރާއު

logo

12/7/2024, 12:27:52 PM

# މޯލްޑިވްސް މީޑިއާ ކައުންސިލް

--

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އާ ދައުރަށް މިއަދު މެމްބަރުން އިންތިހާބުކޮށްފި އެވެ.

Wamco

ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި އިންތިހާބުގައި 139 މީޑިއާއަކުން ވަނީ ވޯޓުލާފައި އެވެ. މިއަދުގެ އިންތިހާބުގައި 22 ކެންޑިޑޭޓުން ވާދަކުރިއިރު އޭގެ ތެރޭގައި ހިމެނެނީ މީޑިއާތަކުން އިންތިހާބުކުރާ 7 މަގާމަށް ވާދަކުރި 11 ކެނޑިޑޭޓުންނާއި އާންމުންގެ ތެރެއިން އެކައުންސިލަށް އިންތިހާބު ކުރާ 3 މެމްބަރުންނަށް ވާދަކުރި 11 ކެނޑިޑޭޓެވެ.

މިއަދުގެ އިންތިހާބުގައި މީޑިއާތަކުން އެމްއެމްސީ އަށް އިންތިހާބުވި މެމްބަރުންނަކީ ފާތިމަތު ޝަނާ މުހައްމަދު (މިހާރު)، ނަޖާހު މަސްއޫދު (ވަގުތު)، ހަސަން ޝާކިރު (އާފަތިސް)، ހަފްސީ އަބްދުﷲ (ހަފްސީ.ކޮމް)، ހުސެއިން ޝަގީފް (ތިލަދުން)، ހުސެއިން ހަސަން (ހަތާވީސް އޮންލައިން)، ފާތިމަތު ނަހުދާ ފާއިޒް (ދިޔަރެސް) އެވެ. މިއަދުގެ އިންތިހާބުގެ އެންމެ ގިނަ ވޯޓާއި އެކު އިންތިހާބުވީ މިހާރު ނޫހުގެ ޝާނާ އެވެ. ޝާނާ ވަނީ ނިމުނު ނޫސްވެރިކަމުގެ އެވޯޑުގައި 2023 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމު ހޯދާފައި އެވެ.

އަދި އާންމުންގެ ތެރެއިން އިންތިހާބުވި މެމްބަރުންނަކީ ފާތިމަތު ފަހުމީއާއި އިބްރާހިމް މުހައްމަދުގެ އިތުރުން އިބްރާހިމް ފައުޒީ އެވެ.

މިއަދު އިންތިހާބު ކުރި މެމްބަރުންގެ މެމްބަރު ކަމުގެ ދައުރުގެ މުއްދަތަކީ ދެ އަހަރެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside