
ތިނަދޫ ސިޓީ ކައުންސިލް ޑީއާރުސީ 20 އަހަރުންދަށުގެ ފުޓްސަލް މުބާރާތް ފަށައިފި
# ޑީއާރުސީ# ދިވެހި ކުޅިވަރުމުބާރާތުގެ އޯޕަނިންގ ސެރަމަނީގެ ތެރެއިން... ފޮޓޯ: ޑީއާރުސީ
"ތިނަދޫ ސިޓީ ކައުންސިލް ޑީއާރުސީ 20 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2024" ގެ ކުޅުން އާދިއްތަ ދުވަހުގެ ރޭ ފަށައިފިއެވެ.

ދަޑެކޮޑޭ ރެކްރިއޭޝަން ކުލަބު (ޑީއާރުސީޒ) ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ ތިނަދޫގައި ޒުވާން ފުޓްސަލް ޖީލެއް ބިނާކުރުމުގެ އިތުރުން ޒުވާން ކުޅުންތެރިންނަށް ވާދަވެރި ފުރުސަތުތަކެއް ހޯދައި ދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.
2024 ޑިސެންބަރު 15 އިން 20 ގެ ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ހަ ޓީމަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ތިނަދޫ ސިޓީގެ ހަތަރު ޓީމާއި ގދ.ހޯޑެއްދޫގެ ޓީމެކެވެ. އަދި މުބާރާތް ކުރިއަށްދަނީ ބައިވެރިވި ހަ ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭއިރު، މުބާރާތުގެ ޗެންޕިއަން ޓީމަށް 10،000 އަދި ރަަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.
މިމުބާރާތުގައި ރޭ ދެމެޗު ކުޅެފައިވާއިރު، މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި އެފްސީ ވުލްވްސް އާއި ލަޔަންސް ކުލަބު ވާދަކުރި މެޗު 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ވުލްވްސް ކާމިޔާބުކުރިއިރު، ދެވަނަ މެޗުގައި އައުޓްލޯޒުން ވަނީ 4-1 ގެ ނަތީޖާއަކުން ރެޑްވިންގްސް ބަލިކޮށްފައެވެ.
ގުޅުންހުރި
ބީޗް ހޭންޑްބޯލް އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމު އޮމާނަށް ދިއުމައްޓަކައި މިއަދު ފުރައިފި
ޖޫނިއާ ފުޓްބޯޅަ އެކަޑަމީ ބަލިކޮށް މާޒިޔާ އެކަޑަމީ އިން 12 އަހަރުންދަށް މައިލޯ އެކަޑަމީ ޗެންޕިއަންޝިޕް ކާމިޔާބުކޮށްފި

ކޮމަންވެލްތު ބީޗްހޭންޑްބޯލް ޗެންޕިއަންޝިޕް 2025 ކުޅުދުއްފުށި ސިޓީގައި
