އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ކުއްލި ދަތުރުފުޅެއްގައި އިރާގަށް ވަޑައިގެންފި އެވެ.
ބްލިންކެންގެ މި ދަތުރުފުޅަކީ މިހާރު އޭނާ މެދު އިރުުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަޑައިގަތުމަށް ޝެޑިއުލްކުރެވިފައިވާ ދަތުރުފުޅެއް ނޫނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ބްލިންކެން އިރާގަށް ވަޑައިގެންނެވީ މީގެ އިރުކޮޅެއް ކުރިންނެވެ. އެގޮތުން މި ދަތުރުފުޅުގައި އޭނާ އިރާގުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާ އަލް ސޫދާނީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ބްލިންކެންގެ މި ދަތުރުފުޅަކީ ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމާއި ގުޅިގެން މެދުއިރުމަތީގެ ސުލްހައައަށް މަސައްަކަތް ކުރުމަށް މަޝްވަރާކުރުމަށް ކަމަށް ބުނެ ސީރިޔާގެ އަވަށްޓެރި ގައުމުތަކާއި އެމެރިކާގެ ބައިވެރިންނާއި ބައްދަލުކުރެއްވުމަށް މެދު އިރުމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
މެދުއިރުމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބްލިންކެން ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ތުރުކީގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވާފައެވެ.
އިރާގަކީ އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުންނަ ގައުމެކެވެ.