
އިރާގުގެ ހަނގުރާމަވެރި ޖަމާއަތަކުން އިސްރާއީލަށް ހަމަލާތަކެއް ދީފި އެވެ.
އިރާގުގެ އިސްލާމިކް ރެސިސްޓެންސް އިން އިރާގުން ބުނީ އިޒްރޭލުގެ ދެކުނުގެ އަމާޒުތަކަށް އާދީއްތަ ދުވަހުގެ ރޭ ދެ ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށެވެ.
އީރާނަށް ތާއީދުކުރާ ލަޝްކަރުތަކުގެ އަމްބްރެލާ ގްރޫޕުން ބުނީ މި ހަމަލާތަކަކީ ފަލަސްތީނާއި ލުބްނާނުގެ ރައްޔިތުންނާ އެއްބައިވަންތަކަމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.
މި ހަމަލާތައް ދީފައި މިވަނީ އިރާގުގެ ސަރުކާރުން މިލިޝިއާ ޖަމާއަތުން ދޭ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި އިސްރާއީލުން އދ.ގެ ސަލާމަތީ މަޖިލީހަށް ސިޓީއެއް ފޮނުވާފައި ވަނިކޮށެވެ.
އަދި ހިޒްބުالله އިން ވެސް ވަނީ އިއްޔެ ވަރުގަދަ ރޮކެޓު ހަމަލާތަކެއް އިސްރާއީލަށް ދީ އިސްރާއީލުގެ ބައެއް ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއްދީ ޔަހުދީންތަކެއް ޒަހަމްކޮށްލާފައި އެވެ.
-1791113559823.jpeg?w=3840&q=75)




-1791113559823.jpeg?w=3840&q=75)






.jpg?w=3840&q=75)