
އިރާނަށް ހަމަލާދިނުމަށް އިޒްރޭލުން ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައި އިޒްރޭލަށް އިރާގުގެ ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެކަން އިރާގުން ޔަހޫދީ އިޒްރޭލަށް އަންގައިފި އެވެ.

އިރާނާއި ދެކޮޅަށް އިޒްރޭލުން ދޭ އެއްވެސް ހަމަލާއެއްގައި އިރާގުގެ ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކޮށްފައިވާ ކަން ހާމަކުރީ އިރާގުގެ ޚާރިޖީ ވަޒީރު ފައުއާދު ހުސައިންއެވެ.
އިރާގުގެ ޚާރިޖީ ވަޒީރު ފައުއާދު ހުސައިން ނެރުއްވި ބަޔާނެއްގައި ބުނީ އިޒްރޭލުން އިރާނަށް ހަމަލާދީފި ނަމަ ސަރަޙައްދީ ހަނގުރާމައަކުން މުޅި ދުނިޔޭގައި ކާރިސާއެއް އުފެދި، އިސްލާމިކް ސްޓޭޓް ފަދަ ހަރުކަށި ފިކުރުގެ ޖަމާއަތްތައް އަލުން އުފެދުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
އަދި ސަރަހައްދީ ހަމަނުޖެހުންތަކުން ސަރަހައްދަު ހިމާޔާތްކުރުމަށް އިރާގުން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ އިޒްރޭލުގެ ހަމަލާއެއް ދޭނެ ކަމަށް ތެހެރާނުން ލަފާކުރާތީ މެދުއިރުމައްޗަށް ނުރައްކާތެރި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އީރާނުން ހަނގުރާމައަކަށް ނޭދޭ ކަމަށާއި ނަމަވެސް އިޒްރޭލުން އިރާނަށް ހަމަލާދީފި ނަމަ ހަނގުރާމައަށް އިރާނު ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްރާއީލުގެ އަވަށްތަކަށާއި ސިޓީތަކަށް އިރާނުން މިދިޔަ އޭޕްރިލް މަހާއި މިމަހުގެ އެތައްސަތޭކަ މިސައިލް ފޮނުވާލާފައިވާއިރު، އީރާނުން ދިން ހަމަލާއަށް ރައްދު ދޭނެ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.