
--
އަވަށްޓެރި ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަސޯކާ ރަންވާލާ އިސްތިއުފާދެއްވައިފި އެވެ.

އަސޯކާ ރަންވާލާ އިސްތިއުފާ ދެއްވީ އޭނާގެ ތައުލީމީ ގާބިލުކަމާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެންނެވެ.
އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ރަންވާލާ މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޭނާ އެއްވެސް ދޮގު ވާހަކައެއް ދައްކާފައި ނުވި ނަމަވެސް، ބައެއް ލިޔުންތައް ނެތުމުގެ ސަބަބުން އޭނާގެ އިލްމީ ރެކޯޑްތައް ސާބިތު ކޮށްދެވެން ނެތް ކަމަށެވެ.
"އަޅުގަނޑު ގަސްދުކުރަނީ ޖަޕާނުގެ ވަސެޑާ ޔުނިވާސިޓީއާ ގުޅިފައިވާ ރިސާޗް އިންސްޓިޓިއުޓްތަކުގެ އެކަޑެމިކް ލިޔުންތައް ހުށަހަޅަން، އެ ޔުނިވާސިޓީގައި އަޅުގަނޑު ޑޮކްޓްރޭޓް ހާސިލްކުރީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް މަޖިލީހުގެ ރައީސް ވިދާޅުވީ އިސްތިއުފާ ދެއްވަނީ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ކަމަށާއި ސަރުކާރަށް އިތުބާރު ކުރާ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފައްދަން ބޭނުން ނުވާ ކަމަށެވެ.
ގުޅުންހުރި

ސިލޯނާއިއެކު ދިވެހީން ތެލެތޯން: ލަންކާއަށް ފައިސާ ފޮނުވުމަށް ހާރިޖީ ވުޒާރާއާއި ހަވާލުކޮށްފި

ތޫފާނުގައި ލަންކާއިން މަރުވި މީހުންގެ އަދަދު 400 އާއި ގާތަށް!

ވީޑިއޯ: ތޫފާނާއި ގުޅިގެން މީހުން ސަލާމާތްކުރަން ހަރަކާތްތެރިވި ލަންކާގެ އަސްކަރީ ހެލިކޮޕްޓަރެއް ވެއްޓިއްޖެ





