
--
އިއްޔެ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ބޭނުންނުކުރެވޭ ވަރަށް ގެއްލުންވި ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މާލޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ބޭނުންނުކުރެވޭ ވަރަށް ގެއްލުން ވީ ހައުސިންގ މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަރަމެންޓު މިނިސްޓްރީގެ އޮފީސްތަކަށެވެ. އެގޮތުން ހެނދުނު 6:15 ހާއިރު ފުރަތަމަ އަލިފާން ރޯވީ ހައުސިންގ މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުން ދިޔަ ޓިނު ބިލްޑިންގ ގައި އެވެ. އަދި އަލިފާންގަނޑު އިތުރަށް ފެތުރި އެ އިމާރާތް ޖެހިގެން ހުރި އެންވަރަމެންޓު މިނިސްޓްރީ ހިންގަމުން ދިޔަ ގްރީން ބިލްޑީންގ ގައި ވެސް އަލިފާން ރޯވި އެވެ.
އަލިފާން އެއްކޮށް ކޮންޓްރޯލް ކުރެވުނު އިރު ތިން މިނިސްޓްރީގެ މަސައްކަތްކުރަމުން ދިޔަ އޮފީސްތައް ވެސް ބޭނުން ކުރެވޭ ވަރަށް ވުރެ ބޮޑަށް ގެއްލުން ވެފައި އެވެ. އަދި އޮފީސްތަކުގައި ހުރި ގިނަ ސާމަނުތައްވެސް ވަނީ އަނދާފައި އެވެ.
މިއާއި އެކު އެ ތިން މިނިސްޓްރީގެ ހިދުމަތްތައް މިވަގުތު މެދުކެނޑިފައިވާއިރު ހިދުމަތްތައް އަލުން ދިނުމަށްޓަކައި ވަގުތީ ސެޓަޕެއް ދަރުބާރުގޭގައި މިހާރު ވަނީ ހަމަޖައްސާފައި އެވެ. އެމަސައްކަތުގައި ސަރުކާރުގެ ކުންފުނިތަކުން ދަނީ އަމަލީކޮށް ހަރަކާތްތެރިވަމުންނެވެ.
އަދި އެމަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ރޭގެ ވަގުތެއްގައި ދަރުބާރު ގެއަށް ވަޑައިގެން އެމިނިސްްޓްރީގެ ތަކުގެ މިނިސްޓަރުންނާއި ބައްދަލުކުރައްވާފައި އެވެ.
ގުޅުންހުރި
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި މަސްއޫލިއްޔަތު އަދާކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ފެހިކުރުން: 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ބިޔަ ރުއް އިންދުމުގެ ހަރަކާތެއް ބާއްވައިފި
.jpg&w=3840&q=75)
ދައުލަތަށް ދިގުމުއްދަތަކަށް ޚިދުމަތްކުރެއްވި ޢިއްޒަތްތެރިޔާ އިބްރާހީމް ރަޝާދު އަވަހާރަވުމުން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ




