.jpg&w=3840&q=75)
މަޤާމުތަކަށް ހޮވުމުން ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ޚިދުމަތް ކުރަންޖެހޭ، އިދިކޮޅުންވެސް އިޚްލާޞްތެރިވާންވީ!
# ރައީސް މުއިއްޒު-
އިންތިޚާބުތަކުގައި ތަފާތު ސިޔާސީ ޕާޓީތަކުން ވާދަކުރި ނަމަވެސް، މަޤާމުތަކަށް އިންތިޚާބުވާ ހިސާބުން ފެށިގެން ވަކި ފަރާތަކަށް ނުޖެހި، ހުރިހާ ރައްޔިތުންނަށް ހަމަހަމަގޮތެއްގައި އިޚްލާސްތެރިކަމާއެކު ޚިދުމަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މިފަދައިން އިލްތިމާސްކުރެއްވީ، ސިލްސިލާކޮށް ކުރިއަށްގެންދާ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޤައުމުގެ ކަންކަން ރަނގަޅު މަގަށް އަޅުވައި، ރައްޔިތުންނަށް ހަގީގީ ތަރައްޤީ ހޯދައިދެވޭނީ ސިޔާސީ ފިކުރަށްވުރެ ޤައުމީ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އިންތިޚާބުތަކުގައި އެކިއެކި ޕާޓީތަކުން ވާދަކޮށް، އިދިކޮޅު ފަރާތްތަކުން މަޤާމުތަކަށް ހޮވޭ ހިސާބުން ބައެއް ފަހަރު އެކި ކަހަލަ ހަމަނުޖެހުންތައް ހިންގާ، ރައްޔިތުންނަށް ފައިދާވާ ކަންކަމުން ރައްޔިތުން ދުރުހެލިކުރަން މަގުތައް ބަންދުކުރުމުގެ މަސައްކަތް ކުރާތީ ފެނިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ޤައުމުގެ ކަންކަން ހަމަމަގުން ހިނގާނީ އެ ނޭދެވޭ އާދަ ބަދަލުވެގެން ކަމަށާއި، މީގެ އެންމެ މުހިންމު އަސާސަކީ އިދިކޮޅުގައި ތިއްބެވި ފަރާތްތަކުންވެސް އިޚްލާސްތެރިވެވަޑައިގަތުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ކުރިމަގަށްޓަކައި އަދުގެ ސަރުކާރުން ހިންގަވާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމުގައިވާ "މޯލްޑިވްސް 2.0" އަށް އިދިކޮޅު ފަރާތްތަކުން އަމާޒުކުރަމުންދާ އެކި ތުހުމަތުތަކާ ގުޅިގެން، ރޭގެ ޕޮޑްކާސްޓްގައި ކުރިމަތިކުރި ސުވާލުތަކަށްވެސް ރައީސް ވަނީ ސީދާ ޖަވާބުދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި ޑިޖިޓަލް އިޤްތިޞާދު ފުޅާކުރުން ކަމަށާއި، މިކަން ކުރަނީ ވަށާޖެހޭ ވަރުގަދަ ސިޔާސަތުތަކެއްގެ ތެރެއިން ކަމަށެވެ.
ގުޅުންހުރި
.jpg&w=3840&q=75)
މަޤާމުތަކަށް ހޮވުމުން ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ޚިދުމަތް ކުރަންޖެހޭ، އިދިކޮޅުންވެސް އިޚްލާޞްތެރިވާންވީ!

ރައްޔިތުންގެ އަޑު އެއްސެވުމަށް ރައީސް ސީދާ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވާ ޚާއްޞަ ޕްރޮގްރާމެއް ފައްޓަވަނީ

ބޯހިޔާވަހިކަން ދިނުމުގައި އެއްވެސް ނުފޫޒެއް ނޯންނާނެ، ނާޖާއިޒު ފައިދާ ހޯދުން މިއޮތީ ނިމިފައި - ރައީސް
.jpg&w=3840&q=75)



