
-
ޢިމާރާތްތަކާއި ބޮޑެތި މަޝްރޫޢުތަކުން ޤައުމެއްގެ ތަރައްޤީ މިނެކިރަމުން ދިޔަ ނަމަވެސް، ސަރުކާރަކުން ރައްޔިތުންނަށް ދޫކޮށްލާނެ އެންމެ ވަރުގަދަ އަދި އަގުހުރި "ލެގަސީ" އަކީ މީހުން ބިނާކުރުން ކަމުގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

އިސް ތަރުޖަމާނު ވިދާޅުވީ، ޒުވާނުން ޤައުމީ ރޫޙުގައި ބިނާކުރުމަށް ހިންގާ "ދިވެހި ވަޠަނީ ޚިދުމަތް" ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ތަޞައްވުރެއް ކަމަށާއި، މިއީ މި ސަރުކާރާމެދު އެންމެ ފަޚުރުވެރިވާ އެއް ކުރިއެރުން ކަމަށެވެ.
"ޕްރެސަރ ވިތު ދަ ސްޕޮކްސް" ނޫސްވެރިންގެ ބައްދަލުވުމުގައި އިސް ތަރުޖަމާނު ވަނީ މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން ހާސިލުވެފައިވާ ބޮޑެތި ކާމިޔާބީތަކުގެ ތަފާސްހިސާބުތައް ހާމަކުރައްވާފައެވެ. އެގޮތުން، ދިވެހި ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބުރުގައި 1,244 ފަރާތަކުން ކުރިމަތިލިއިރު، އޭގެ ތެރެއިން 350 ފަރާތަކުން ވަނީ ތަމްރީނުތައް ކާމިޔާބުކަމާއެކު ނިންމާފައެވެ. އަދި އޭގެ ތެރެއިން 65 ޒުވާނަކު ވަނީ ޚާއްޞަ ސްކިލްސް ޓްރެއިނިން ފުރިހަމަކޮށްފައެވެ.
މި ޕްރޮގްރާމަށް ލިބެމުންދާ ބޮޑު ތަރުޙީބާއެކު ކުރިއަށްގެންދިޔަ ދެވަނަ ބުރުގައިވެސް އިތުރު 350 ފަރާތަކުން ތަމްރީނުތައް ފުރިހަމަކޮށް، އޭގެ ތެރެއިން 75 ފަރާތަކުން ވަނީ ހުނަރުވެރިކަމުގެ ތަމްރީނުތައް ނިންމާފައެވެ. މީގެއިތުރުން، އެންމެ ފަހުން ބޭއްވުނު ތިންވަނަ ބުރަށް ރެކޯޑް އަދަދަކަށް، އެއީ 1,785 ފަރާތަކުން ކުރިމަތިލާފައިވެއެވެ. މި ބުރުން ޖުމްލަ 352 ބައިވެރިން ވަނީ ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށް ސަރުކާރުގެ ޤައުމީ ޚިދުމަތުގެ ސަފުތަކާ ގުޅިފައެވެ.
މި ހުރިހާ ބުރުތަކަކަށް ބަލާއިރު، ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނުތައް މިހާތަނަށް މުޅި ޖުމްލަ 1,052 ފަރާތަކުން ވަނީ ކާމިޔާބުކަމާއެކު ނިންމާފައެވެ. އަދި މީގެ ތެރެއިން ދެ ބެޗެއްގެ މަތިން ޖުމްލަ 140 ބައިވެރިއަކު ވަނީ މާކެޓަށް ބޭނުންވާ ޚާއްޞަ ސްކިލްސް ޓްރެއިނިންގ ފުރިހަމަކޮށް، އަމަލީ މައިދާނަށް ނުކުތުމަށް ތައްޔާރުވެފައެވެ.
ގުޅުންހުރި

މީހުން ބިނާކުރުމަކީ މި ސަރުކާރުން ދޫކޮށްލާނެ އެންމެ ވަރުގަދަ ލެގަސީ - ތަރުޖަމާނު
.jpg&w=3840&q=75)
މަޤާމުތަކަށް ހޮވުމުން ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ޚިދުމަތް ކުރަންޖެހޭ، އިދިކޮޅުންވެސް އިޚްލާޞްތެރިވާންވީ!

ރައްޔިތުންގެ އަޑު އެއްސެވުމަށް ރައީސް ސީދާ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވާ ޚާއްޞަ ޕްރޮގްރާމެއް ފައްޓަވަނީ




