
ބޯހިޔާވަހިކަން ދިނުމުގައި އެއްވެސް ނުފޫޒެއް ނޯންނާނެ، ނާޖާއިޒު ފައިދާ ހޯދުން މިއޮތީ ނިމިފައި - ރައީސް
# ރައީސް މުއިއްޒު-
ނުފޫޒުގަދަ މީހުން ބޭނުންވާ ވަކި ބަޔަކަށް ފްލެޓާއި ގޯތި ބަހާލުމުގެ ބޭއިންސާފު ސަގާފަތް މިއޮތީ މުޅިން ނިމުމަކަށް އައިސްފައި ކަމަށާއި، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްދާނީ އެއްވެސް ނުފޫޒެއް ނެތި ސައްތައިން ސައްތަ ދެފުށް ފެންނަ ގޮތަކަށް ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސް ވިދާޅުވީ ފްލެޓާއި ގޯތި ދިނުމުގައި ވަކި ބަޔަކަށް މަންފާވާގޮތަށް ކަންކަން ކުރުމަކީ އަބަދުވެސް ދެކެވޭ ހިތާމަވެރި ވާހަކައެއް ކަމަށާއި، ނަމަވެސް އެ ސަގާފަތް ނައްތާލުމަކީ އެމަނިކުފާނު އެންމެ އިސްކަންދެއްވާ އެއް ކަންތައް ކަމަށެވެ.
ރައީސް މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ ސިޔާސީ ނުވަތަ ޒާތީ ނުފޫޒުން އެއްކިބާވެގެން ހިންގޭ ހާމަކަން ބޮޑު މަޝްރޫޢުތަކެއްކަން ރައްޔިތުންނަށް ސާބިތުކޮށްދެއްވާނެ ކަމަށެވެ.
މިހާރު ކުރިއަށްދަނީ މި ސަރުކާރުން ހިންގަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢަށް އެދި ރައްޔިތުން ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން ނުވަތަ ސައްހަކަން ބެލުމުގެ މުހިންމު މަސައްކަތްތައް ކަމަށް ރައީސް ވިދާޅުވިއެވެ. މި މަސައްކަތުގެ ތެރެއިން އެއްވެސް ކަހަލަ ނުފޫޒެއްގެ ބޭނުންކޮށްގެން، ވަކި މީހަކު ބޭނުންވާހާ ގޮތަކަށް، ނުވަތަ ވަކި އާއިލާއަކަށް އިސްކަން ދިނުން ފަދަ އެއްވެސް ނާއިންސާފު ކަމެއް ނުހިންގޭނެ ކަމަށް ރައީސް ކަށަވަރުކޮށްދެއްވިއެވެ.
ބޯހިޔާވަހިކަމަކީ އިންސާނަކަށް ބޭނުންވާނެ އެންމެ ޟަރޫރީ އަދި އެންމެ މުހިންމު ހައްޤު ކަމުގައި ޤަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވަމުން، އެމަނިކުފާނުގެ ސަރުކާރުން ދޭ އެއްވެސް ފްލެޓަކާއި ގޯއްޗެއް ދިނުމުގައި އެއްވެސް ކަހަލަ ނާޖާއިޒުކަމެއް ނުހިމެނޭނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރެއްވިއެވެ. އަދި ފޯމުތައް ދިރާސާކޮށް މި މަސައްކަތުގައި ރެއާއި ދުވާލު އުޅުއްވާ ކޮމިޓީތަކާއި ފަންނީ ފަރާތްތަކާމެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
މަޤާމުތަކަށް ހޮވުމުން ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ޚިދުމަތް ކުރަންޖެހޭ، އިދިކޮޅުންވެސް އިޚްލާޞްތެރިވާންވީ!

ރައްޔިތުންގެ އަޑު އެއްސެވުމަށް ރައީސް ސީދާ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވާ ޚާއްޞަ ޕްރޮގްރާމެއް ފައްޓަވަނީ

ބޯހިޔާވަހިކަން ދިނުމުގައި އެއްވެސް ނުފޫޒެއް ނޯންނާނެ، ނާޖާއިޒު ފައިދާ ހޯދުން މިއޮތީ ނިމިފައި - ރައީސް
.jpg&w=3840&q=75)



