
ރައްޔިތުންގެ އަޑު އެއްސެވުމަށް ރައީސް ސީދާ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވާ ޚާއްޞަ ޕްރޮގްރާމެއް ފައްޓަވަނީ
# ރައީސް މުއިއްޒު-
ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ އަޑުއެއްސެވުމަށް ދެއްވާ ޚާއްޞަ އިސްކަން ތަކުރާރުކުރައްވަމުން، ކުރިއަށް އޮތް ތަނުގައި މިހާރަށްވުރެވެސް ބޮޑަށް ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ އަޑު ގާތުން އެއްސެވުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ 2 ވަނަ އެޕިސޯޑްގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ވަކިވަކި ދާއިރާތަކަށް ޚާއްޞަކޮށްގެން، ސީދާ ރައީސުލްޖުމްހޫރިއްޔާއާ ވަކިވަކީން ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ފަހިވާ ފަދަ ބޮޑު ޕްރޮގްރާމެއްގެ ދަށުންނެވެ. އަދި މި ޕްރޮގްރާމްގެ އަމަލީ މަސައްކަތްތައް ދާދި އަވަހަށް ރަސްމީކޮށް ފައްޓަވާނެ ކަމަށްވެސް ރައީސް ވަނީ ހާމަކުރައްވާފައެވެ.
މި އައު ޕްރޮގްރާމްގެ ސަބަބުން މުޖުތަމަޢުގެ އެކި ފަންތީގެ މީހުންނާއި، ތަފާތު އަމަލީ މަސައްކަތްތަކުގައި އުޅޭ ޒުވާނުންނާއި، އާންމު ރައްޔިތުންނަށް އެމީހުންގެ ހިތްތަކުގައި ހުރި ޝުއޫރުތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން އެއްވެސް ހުރަހަކާ ނުލައި ގައުމުގެ އެންމެ މަތީ ވެރިޔާއާ ހިއްސާކުރުމުގެ ރަން ފުރުޞަތެއް ލިބިގެންދާނެއެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މީގެ ކުރިންވެސް ވަނީ "ރައީސްގެ ޖަވާބު" ފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް ރައްޔިތުން ސީދާ ކުރާ ސުވާލުތަކަށް ވީޑިއޯ މެދުވެރިކޮށް ޖަވާބުދެއްވަން ފައްޓަވާފައެވެ.
ގުޅުންހުރި
.jpg&w=3840&q=75)
މަޤާމުތަކަށް ހޮވުމުން ހުރިހާ ރައްޔިތުންނަށް ހަމަހަމަކޮށް ޚިދުމަތް ކުރަންޖެހޭ، އިދިކޮޅުންވެސް އިޚްލާޞްތެރިވާންވީ!

ރައްޔިތުންގެ އަޑު އެއްސެވުމަށް ރައީސް ސީދާ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރައްވާ ޚާއްޞަ ޕްރޮގްރާމެއް ފައްޓަވަނީ

ބޯހިޔާވަހިކަން ދިނުމުގައި އެއްވެސް ނުފޫޒެއް ނޯންނާނެ، ނާޖާއިޒު ފައިދާ ހޯދުން މިއޮތީ ނިމިފައި - ރައީސް
.jpg&w=3840&q=75)



