logoEN
WAMCO TOP 1
އަނދާ އަޅިއަށްވީ މުވައްޒަފުންގެ ދެވަނަ ގެ, ހިތް ކުދިކުދި ވެއްޖެ - މުއްތަލިބު

އަނދާ އަޅިއަށްވީ މުވައްޒަފުންގެ ދެވަނަ ގެ, ހިތް ކުދިކުދި ވެއްޖެ - މުއްތަލިބު

އަހުމަދު ޝުރާއު

logo

12/12/2024, 2:30:16 PM

# މިނިސްޓަރު މުއްތަލިބު

--

މިއަދު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލިގެން ދިޔައީ މުވައްޒަފުންގެ ދެވަނަ ގެ ކަމަށާއި ހާދިސާގެ ސަބަބުން ވަރަށް ބޮޑަށް ހިތާމަފުޅު ކުރައްވާ ކަމަށް މިއަދުގެ ހާދިސާގައި އަނދާ އަޅިއަށްވި ކޮންސްޓްރަކްޝަން މިނިސްޓްރީގެ މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިއަދު އަނދައިގެންދިޔަ ޓިނު ބިލްޑިންގ އަކީ 2008 ވަނަ އަހަރު ކޮންސްޓްރަކްޝަން މިނިސްޓްރީ ބަދަލުކުރުމަށް ވަގުތީ އޮފީސް ޢިމާރާތެއްގެ ގޮތުގައި ޢިމާރާތްކުރި ތަނެއް ކަމަށާއި އެތަން ވެގެންދިޔައީ އެމިނިސްޓްރީގެ ދާއިމީ މަސައްކަތުގެ މާހައުލުގެ އިތުރުން މުވައްޒަފުންގެ ދެވަނަ ގެއަށް ކަމަށެވެ.

އެންމެ އެދެވޭ ފެންވަރެއްގައި ހުރި ތަނެއް ކަމުގައި ނޫން ވިޔަސް އެތަނުގައި މަސައްކަތް ކުރި އެންމެންނަށް ވެސް އެތަން ވެގެން ދިޔައީ ހާއްސަ ތަނަކަށް ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އަދި މިއަދު އެތަން ގެއްލިގެން ދިޔައީ އެތަނުގައި ތިބި ހުރިހާ ތަކެއްޗާއި ހަނދާންތަކާއި އެކުގައި ކަމަށެވެ.

View post on Twitter

މި ހާދިސާގައި ސަބަބުން ހިތާމަފުޅު ކުރައްވާކަމަށާއި ހެޔޮ ދުއާ ކުރެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް މުއްތަލިބުގެ ޓުވީޓުގައި ވިދާޅުވި އެވެ.

މިއަދުގެ އަލިފާނުގެ ހާދިސާގައި ހައުސިންގ މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުން އައި ޓިނު ބިލްޑިންއާއި އެންވަރަމެންޓު މިނިސްޓްރީ ހިންގަމުން އައި ގްރީން ބިލްޑިންގ ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައި އެވެ. އަދި އެތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައި އެވެ.

ކޮމެންޓް
ފަހުގެ
HDC