
މިނިސްޓަރު މުއްތޮލިބު
ބ. ދަރަވަންދޫ ބިން ހިއްކާކަމަށްބުނެ ފަތުރަމުންދާ ވާހަކަތަށް ސަރުކާރުން ދޮގުކޮށްފި އެވެ.

ބ އަތޮޅުގައި ހިމާޔަތްކޮށްފައި އޮންނަ ހަނިފަރު ބޭ ސަރަހައްދާ ކިލޯމީޓަރެއްހާ ދުރުމިނުގައި އޮންނަ ދަރަވަންދޫގެ ބައެއް ހިއްކަން ސަރުކާރުން ނިންމާފައިވާކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ޝާއިރުކުރި ހަބަރަށް ރިއާޔަތްކޮށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސް އެކައުންޓުގައި ވިދާޅުވީ "އެއީ މުޅިން ދޮގު ޙަބަރެއް" ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދަރަވަންދޫ ބިން ހިއްކުމުގެ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާ ކަމަށެވެ.
އަދި މިދިޔަ އަހަރުގެ މެދުތެރޭގައި ޕްރިލިމިނަރީ ކޮންސެޕްޓެއް ދިރާސާ ކުރި ނަމަވެސް، ދަރަވަންދޫ ބިން ހިއްކުމުގެ އެއްވެސް މަޝްރޫއަކަށް އަދި ހުއްދައެއް ދީފައެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ޕްރޮޖެކްޓެއް އޮތް ނަމަ، ރަށު ކައުންސިލާ ރަސްމީކޮށް މުއާމަލާތްކޮށް ޕްރޮޖެކްޓްގެ އެއްބަސްވުންތަކުގައި ސޮއި ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅުންހުރި

ޑްރާފްޓް އެޕްލިކޭޝަންއާއެކު ބޯހިޔާވަހިކަމަށް އެދި 37000 ފޯމް ހުށަހަޅާފައިވޭ- މުއްތޮލިބް

ނޫސްވެރިކަމަކީ މީހުންގެ އަބުރު ކަތިލައި، ގައުމުގެ ހަމަޖެހުން ނަގާލައިގެން އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެން ނުވާނެ- މިނިސްޓަރު މުއްތޮލިބު

މަސްތުވާތަކެތީގެ މައްސަލައެއްގައި ދަރަވަންދޫއިން މީހަކު ހައްޔަރުކޮށްފި




