
--
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ (އެމްއެންޔޫ) މެރަތަންގެ ޕްލެޓިނަމް ޕާޓްނަރުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މި މެރަތަން އަށް ބީއެމްއެލްގެ އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ ހަރަކާތްތެރި ދިރިއުޅުމެއް އުޅުމަށް ހިތްވަރުދިނުމަށާއި މުޖުތަމަޢުގެ ރޫޙު އާލާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުންނެވެ. އަދި ހަމައެހެންމެ އެމްއެންޔޫއިން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު މަގްސަދުގައެވެ.
އެމްއެންޔޫ މެރަތަންގައި ކިޑްސް ޑޭޝް، 5 ކިލޯ މީޓަރު، 10 ކިލޯމީޓަރު، ހާފް މެރަތަން އަދި މެރަތަން ހިމެނޭނެއެވެ. މި އިވެންޓުގެ މަގުދަސަކީ ޝައުޤުވެރިކަން ހުރި ރޭސްތަކެއްގެ ތެރެއިން ހުރިހާ އުމުރުފުރައެއްގެ މީހުންގެ މެދުގައި ހަށިހެޔޮ ދިރިއުޅުމުގެ މުހިންމުކަން ބުނެދިނުމާއި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި ކުޅިވަރުގެ ރޫހު ކުރިއެރުވުމެވެ.
އެމްއެންޔޫ މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 އަދި 21 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ގުޅުންހުރި

ބީއެމްއެލުން ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގއަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު %5އަށް ކުޑަކޮށްފި

ބީއެމްއެލްގެ އެހީގައި އަމީނިއްޔާ ސްކޫލުގައި ސެންސަރީ ކްލާހެއް ގާއިމުކޮށްފި

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ފޭސް 1 ގައި ތަރައްގީކުރާ 364 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި




